ދިވެހި ސާފް ލީގުގެ ކެރަންޑޫ އިވެންޓް މާބައިދޫގައި ފެށުމަށް ތައްޔާރުވެއްޖެ

Dhivehi surf leaguge kerandhoo event maabaidhoogai feshumah thahyaaruvehjje

ދިވެހި ސާފް ލީގު 2026 ގެ ކެރަންޑޫ އިވެންޓް ސެޕްޓެމްބަރު 2 އިން 5 އަށް ބޭއްވުމަށް ހުރިހާ ތައްޔާރީތަކެއް ނިމުމަކާ ގާތްވެއްޖެއެވެ. ޖުމްލަ 40 ބައިވެރިންނާއެކު ކުރިއަށްދާ މި މުބާރާތުގައި ވާދަކުރުމަށްޓަކައި ހުރިހާ އެތުލީޓުންނާއި މޯލްޑިވްސް ސާފިން އެސޯސިއޭޝަންގެ އޮފިޝަލުން މިހާރު ވަނީ ލ. މާބައިދޫއަށް ގޮސްފައެވެ.

މުބާރާތުގެ ކެޓަގަރީތައް

މި މުބާރާތުގައި ވާދަކުރުމަށް ހަމަޖެހިފައިވަނީ މެންސް އޯޕަން ޝޯޓް ބޯޑް، ޖޫނިއަރ ބޯއިސް ޝޯޓް ބޯޑް އަދި މެންސް އޯޕަން ބޮޑީ ބޯޑް ކެޓަގަރީގައެވެ. މީގެ ތެރެއިން މެންސް އޯޕަން ބޮޑީ ބޯޑް ކެޓަގަރީއަކީ މާބައިދޫ ކައުންސިލުން އެދިގެން މި މުބާރާތަށް އިތުރުކޮށްފައިވާ ކެޓަގަރީއެކެވެ. އަދި މި ކެޓަގަރީގެ އިނާމުތައް ދިނުމަށް ހަމަޖެހިފައިވަނީ ވެސް މާބައިދޫ ކައުންސިލުންނެވެ.

އިންތިޒާމުތަކާއި އެހީތެރިކަން

މި މުބާރާތުގެ ހުރިހާ އިންތިޒާމެއް ހަމަޖައްސަމުން ގެންދަނީ މާބައިދޫ ކައުންސިލުންނެވެ. މިގޮތުން މުބާރާތް ތައްޔާރުކުރުމުގެ މަސައްކަތުގައި ފެނަކަ މާބައިދޫ ބްރާންޗާއި، އާރްޑީސީ މާބައިދޫ ސައިޓް އަދި އެމްޓީސީސީ މާބައިދޫ ސައިޓުގެ ވަރަށް ބޮޑު އެހީތެރިކަމެއް ލިބެމުންދާ ކަން ފާހަގަކުރެވެއެވެ.

މީގެ އިތުރުން، މުބާރާތުގެ ފަސްޓް އެއިޑްގެ އެންމެހައި ކަންކަން ހަމަޖެއްސުމުގައި ހަރަކާތްތެރިވާނީ މާބައިދޫ ސިއްޙީ މަރުކަޒުންނެވެ.

ގުޅުން ހުރި ލިޔުންތައް

guest
0 Comments
Oldest
Newest Most Voted