ބޯހިޔާވަހިކަމުގެ 113 މަޝްރޫޢެއް ރާއްޖޭގެ އެކި ހިސާބުތަކުގައި މިހާރު ކުރިއަށްދޭ، ލ. އަތޮޅުގައި 5 މަޝްރޫޢެއް

Boahiyaavahikamuge 113 mashrooeh raajjeyge eki hisaabuthakugai mihaaru kuriahdhey, laamu atholhugai 5 mashrooeh

ދިވެހިރާއްޖޭގެ އެކި ކަންކޮޅުތަކުގައި ބޯހިޔާވަހިކަމުގެ ޖުމްލަ 113 މަޝްރޫޢެއްގެ މަސައްކަތް މިވަގުތުވެސް ކުރިއަށްދާއިރު، އޭގެ ތެރެއިން 5 މަޝްރޫޢެއް ލ. އަތޮޅުގައި ކުރިއަށްދާ ކަމަށް މިނިސްޓްރީ އޮފް ހައުސިންގ، ލޭންޑް އެންޑް އާބަން ޑިވެލޮޕްމަންޓުން ހާމަކޮށްފިއެވެ.

ބިނާރާއި ގެދޮރުވެރިކަމާއި ޢުމްރާނީ ތަރައްޤީއާ ބެހޭ ވުޒާރާއިން ހާމަކުރި ތަފާސްހިސާބުތަކަށް ބަލާއިރު، އެންމެ ގިނަ މަޝްރޫޢު ކުރިއަށްދަނީ މާލެ ސަރަހައްދުގައެވެ. އެގޮތުން މާލެ ސަރަހައްދުގައި 21 މަޝްރޫޢެއް ކުރިއަށްދާއިރު، އައްޑޫ ސިޓީ އަދި ހދ. އަތޮޅުން ކޮންމެ ސަރަހައްދެއްގައި 9 މަޝްރޫޢު ދަނީ ހިނގަމުންނެވެ. މީގެއިތުރުން ގއ. އަތޮޅުގައި 8 މަޝްރޫޢު، ބ. އަތޮޅާއި ރ. އަތޮޅުގައި ކޮންމެ އަތޮޅެއްގައި 7 މަޝްރޫޢު، އަދި ގދ. އަތޮޅު، ތ. އަތޮޅު، މ. އަތޮޅު އަދި ޅ. އަތޮޅުން ކޮންމެ އަތޮޅެއްގައި 6 މަޝްރޫޢު ކުރިއަށްދެއެވެ.

ހަމައެއާއެކު، ލ. އަތޮޅުގެ އިތުރުން ހއ. އަތޮޅުގައި 5 މަޝްރޫޢު، ދ. އަތޮޅުގައި 4 މަޝްރޫޢު، އަދި ފުވައްމުލައް ސިޓީގެ އިތުރުން އއ. އަތޮޅު، ނ. އަތޮޅު އަދި ށ. އަތޮޅުގައި ކޮންމެ ތަނެއްގައި 3 މަޝްރޫޢު ދަނީ ކުރިއަށެވެ. އަދި އދ. އަތޮޅުގައިވެސް 2 މަޝްރޫޢެއްގެ މަސައްކަތް މިހާރު ދަނީ ހިނގަމުންނެވެ.

ބޯހިޔާވަހިކަމުގެ މައްސަލައަކީ ރާއްޖޭގެ ހުރިހާ ސަރަޙައްދަކަށްހެން ކުރިމަތިވެފައިވާ އެންމެ ބޮޑު އިޖްތިމާޢީ މައްސަލައަށްވާއިރު، މި މައްސަލައަށް ދާއިމީ ހައްލެއް ހޯދައިދިނުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުގެ އެންމެ މުހިންމު އެއް އަމާޒެވެ. އަދި މި ސަރުކާރު ވެގެންދާނީ ދިވެހި ތާރީޚުގައިވެސް އެންމެ ގިނަ ރައްޔިތުންނަށް ބޯހިޔާވަހިކަން ކަށަވަރުކޮށްދޭނެ ސަރުކާރަށް ކަމަށް އެ ވުޒާރާއިން ވިދާޅުވެއެވެ.

މީގެ ކުރީގެ ސަރުކާރުތަކުންވެސް މާލެއާއި އަތޮޅުތަކުގައި ބޯހިޔާވަހިކަމުގެ އެކި ސްކީމްތައް ހިންގާފައިވީ ނަމަވެސް، އިތުރުވަމުންދާ އާބާދީއާއި ބޯހިޔާވަހިކަމަށް އޮތް ބޮޑު ޑިމާންޑުގެ ސަބަބުން، މިއީ އަދިވެސް ގިނަ ރައްޔިތުންގެ ކަންބޮޑުވުން އިންތިހާއަށް އޮތް ކަމެކެވެ. ސަރުކާރުން އަމާޒު ހިފާފައިވަނީ މިހާރު ފަށާފައިވާ މި މަޝްރޫޢުތައް އަވަހަށް ނިންމައި، ބޯހިޔާވަހިކަމަށް ބޭނުންވެފައިވާ ރައްޔިތުންނަށް އަމިއްލަ ފަސްގަނޑުގައި ހިތްހަމަޖެހިގެން ދިރިއުޅެވޭނެ މަގު ތަނަވަސްކޮށްދިނުމަށެވެ.

ގުޅުން ހުރި ލިޔުންތައް

guest
0 Comments
Oldest
Newest Most Voted