ގަމު ނޭޗަރ ޕާކު ވިޒިޓަރ ސެންޓަރުގެ 50 އިންސައްތަ މަސައްކަތް ނިމިއްޖެ

Gamu nature visitor centerge 50 insahtha masahakaiy nimihjje

ލ. ގަމުގައި ތަރައްޤީކުރަމުންދާ ނޭޗަރ ޕާކު ވިޒިޓަރ ސެންޓަރުގެ 50 އިންސައްތަ މަސައްކަތް މިހާރު ނިމިފައިވާ ކަމަށް މޫސުމީ ބަދަލުތަކާއި ތިމާވެށްޓާއި ހަކަތައާ ބެހޭ ވުޒާރާއިން ވިދާޅުވެއްޖެއެވެ.

މި މަޝްރޫޢަކީ ގްލޯބަލް އެންވަޔަރަންމަންޓް ފެސިލިޓީ (ޖީ.އީ.އެފް) ގެ ހިލޭ އެހީގެ ދަށުން ހިންގާ ”އެންދެރި“ (ENDhERI) ޕްރޮޖެކްޓް މެދުވެރިކޮށް، ލ. ގަމު ކައުންސިލުން އިސްނަގައިގެން ކުރިއަށްގެންދާ މުހިންމު މަސައްކަތެއްކަމަށް އެ ވުޒާރާއިން މަޢުލޫމާތު ދެއްވައެވެ.

ތިމާވެއްޓާއި ބެހޭ ވުޒާރާއިން ވިދާޅުވި ގޮތުގައި، މި ވިޒިޓޭޝަން ސެންޓަރަކީ ތިމާވެށީގެ ދާއިރާއިން ދެވޭ ތަޢުލީމާއި ހޭލުންތެރިކަން ފުޅާކުރުމަށާއި، އެތަނަށް އަންނަ ފަރާތްތަކަށް ޠަބީޢީ ވެށީގެ މަޢުލޫމާތު ފޯރުކޮށްދިނުމުގެ އިތުރުން، ތިމާވެށި ޙިމާޔަތްކުރުމުގެ މުހިންމުކަން އޮޅުންފިލުވައިދިނުމުގެ މަޤްޞަދުގައި ބިނާކުރެވޭ މަރުކަޒެކެވެ.

ރާއްޖޭގެ ކޮންމެ އަތޮޅެއްގައި ނޭޗަރ ޕާކެއް ޤާއިމުކުރުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުގެ މުހިންމު ވަޢުދަކަށްވާއިރު، ލ. ގަމުގައި ބިނާކުރެވޭ މި ވިޒިޓަރ ސެންޓަރަކީ ސަރުކާރުގެ މި އަމާޒަށް ވާސިލުވުމަށް އެޅިގެންދާ ވަރަށް މުހިންމު ބާރެއްކަމަށް ވެސް އެ ވުޒާރާއިން ފާހަގަކުރައްވައެވެ.

މި ސެންޓަރުގެ މަސައްކަތް އެއްކޮށް ނިމުމުން، އެ ރަށުގެ ޤުދުރަތީ ރީތިކަން ބަލައިލުމަށް ޒިޔާރަތްކުރާ ފަރާތްތަކަށާއި ތިމާވެށީގެ ދާއިރާއިން ދިރާސާކުރާ ފަރާތްތަކަށް ގިނަގުނަ ފަސޭހަތަކެއް ލިބިގެންދާނެ ކަމަށް މޫސުމީ ބަދަލުތަކާއި ތިމާވެށްޓާއި ހަކަތައާ ބެހޭ ވުޒާރާއިން ޤަބޫލުކުރައްވައެވެ.

ގުޅުން ހުރި ލިޔުންތައް

guest
0 Comments
Oldest
Newest Most Voted