ފޮނަދޫ އަދި ގަން ބައްދަލުކުރާ ފޯރިގަދަ މެޗު މިރޭ

Fonadhoo Adhi Gan bahdhal kuraa match mirey

އެފްއޭއެމުން އިންތިޒާމުކޮށްގެން ބާއްވާ ފުޓްބޯޅަ މުބާރާތުގެ ލ. އަތޮޅު ރައުންޑުގައި، ލ. ފޮނަދޫ އަދި ލ. ގަން ބައްދަލުކުރާ ފޯރިގަދަ މެޗު މިރޭ ކުޅުމަށް ތާވަލުކޮށްފިއެވެ.

މި ފޯރިގަދަ މެޗު ފެށުމަށް ހަމަޖެހިފައިވަނީ މިރޭ 20:30 ގައެވެ. އަވައްޓެރި އަދި ޒަމާންވީ ދެ ވާދަވެރިންގެ މެދުގައި ކުޅެވޭ މި މެޗަކީ ފޯރިގަދަ އަދި ވާދަވެރި ކުޅުމެއް ފެނިގެންދާނެ މެޗެއް ކަމަށް ބެލެވެއެވެ. މި މެޗަށް ދެ ޓީމުންވެސް ވަރަށް ފުރިހަމައަށް ތައްޔާރުވަމުން އަންނައިރު، ދެ ޓީމުގެ ސަޕޯޓަރުންވެސް ތިބީ މި ކުރިމަތިލުމަށް ކެތްމަދުވެފައެވެ.

މި މެޗާ ގުޅޭގޮތުން ދެ ޓީމުގެ މެނޭޖްމަންޓުން ވެސް ވަނީ ވީހާވެސް ގިނަ އަދަދެއްގެ ސަޕޯޓަރުން ދަނޑަށް ހާޒިރުވެ، ޓީމަށް ހިތްވަރު ދިނުމަށް އެދިފައެވެ. ސަޕޯޓަރުންގެ ފަރާތުން ލިބޭ ހިތްވަރަކީ ކުޅުންތެރިންނަށް ލިބޭނެ އެންމެ ބޮޑު އެއް ބާރު ކަމަށް ދެ ޓީމުން ވެސް ފާހަގަކުރެއެވެ.

ލ. އަތޮޅުގެ ގިނަ އަދަދެއްގެ ފުޓްބޯޅަ ސަޕޯޓަރުން މި މެޗު ބަލަން ދަނޑަށް ވަންނާނެ ކަމަށް ލަފާކުރެވޭއިރު، މިއީ މި މުބާރާތުގައި މިހާތަނަށް ކުޅެވޭނެ އެންމެ ފޯރިގަދަ އެއް މެޗަށް ވެގެންދާނެއެވެ.

 

ގުޅުން ހުރި ލިޔުންތައް

guest
0 Comments
Oldest
Newest Most Voted