ގަމު ރީޖަނަލް ހޮސްޕިޓަލުން އޮގަސްޓް މަހު 7 މޭޖަރ ސާޖަރީ ހިމެނޭހެން 10 ސާޖަރީއެއް ހަދައިފި

Gamu regional hospitalun August mahu 7 major surgery himeneyhen 10 surgery eh hadhaifi adhai

ގަމު ރީޖަނަލް ހޮސްޕިޓަލުން ނިމިދިޔަ އޮގަސްޓް މަހު ޖުމްލަ 10 ސާޖަރީއެއް ކޮށްފައިވާ ކަމަށް އެ ހޮސްޕިޓަލުގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ. މީގެ ތެރޭގައި ހިމެނެނީ 7 މޭޖަރ ސާޖަރީ އަދި 3 މައިނަރ ސާޖަރީއެވެ.

ބަލިމީހުންނަށް ދެވުނު ޚިދުމަތްތައް

ހޮސްޕިޓަލުން އާންމުކޮށްފައިވާ ރިޕޯޓުގައިވާ ގޮތުން، އޮގަސްޓް މަހު އޯޕީޑީ މެދުވެރިކޮށް 7,126 މީހަކު ޑޮކްޓަރަށް ދައްކާފައިވެއެވެ. އަދި އިމަޖެންސީގައި 182 ކޭސްއެއް ބަލާފައިވާއިރު، 101 މީހަކު ވަނީ އެޑްމިޓްކޮށްގެން ފަރުވާ ދީފައެވެ. މީގެ އިތުރުން 14 ރިފަރަލްއެއް ކުރިއަށް ގެންގޮސްފައިވާއިރު، އޭގެ ތެރޭގައި އެއަރ އެމްބިއުލާންސް މެދުވެރިކޮށް ފޮނުވި 2 ބަލިމީހުން ހިމެނެއެވެ.

ލެބޯޓްރީ އަދި ޑައިގްނޯސްޓިކް ޚިދުމަތްތައް

އޮގަސްޓް މަހުގެ ތެރޭގައި 2,369 ބަލިމީހުންނަށް ލެބޯޓްރީގެ ޚިދުމަތް ދީފައިވާއިރު، ޖުމްލަ 58,615 އިންވެސްޓިގޭޝަން ހަދާފައިވެއެވެ. އަދި 597 މީހުންގެ އެކްސްރޭ، 528 އަލްޓްރާސައުންޑް ސްކޭން، 179 އީސީޖީ، 76 ސީޓީ ސްކޭން، އަދި 10 އިކޯކާޑިއޯގްރާމް ވަނީ ހަދާފައެވެ.

އާންމު ޞިއްޙަތާއި ޕްރޮސީޖަރތައް

އާންމު ޞިއްޙަތު ކުރިއެރުވުމުގެ ދާއިރާއިން 1,851 ޚިދުމަތެއް ފޯރުކޮށްދީފައިވެއެވެ. މީގެ ތެރޭގައި 1,122 ސްކްރީނިންގ އާއި، 471 މައިންނާއި ކުޑަކުދިންގެ ޚިދުމަތް އަދި 201 ވެކްސިން ޑޯޒް ހިމެނެއެވެ. އަދި 887 ނެބިއުލައިޒޭޝަން ސެޝަނާއި، 487 ވޫންޑް ޑްރެސިންގ، 173 ދަތުގެ ފަރުވާ، 80 ޑަޔަލިސިސް ސެޝަން އަދި 64 ލޮލުގެ ފަރުވާ ވެސް މި މުއްދަތުގައި ފޯރުކޮށްދީފައިވެއެވެ.

ގުޅުން ހުރި ލިޔުންތައް

guest
0 Comments
Oldest
Newest Most Voted