އެކަނިވެރި މައިންބަފައިންނަށް އެހީގެ ގޮތުގައި އެންސްޕާއިން މިދިޔަ މަހު 17.7 މިލިއަން ރުފިޔާ ދީފި

Ekaniveri mainbafainah eheege gothugai NSPA in midhiyamahu 17.7 million rufiyya dheefi

ފަގީރު ހާލަތުގައި އެކަނި ދަރިން ބަލަހައްޓާ މީހުންނަށް ދޭ މާލީ އެހީގެ ގޮތުގައި މިދިޔަ މަހު 17.7 މިލިއަން ރުފިޔާ ދޫކޮށްފައިވާ ކަމަށް ނޭޝަނަލް ޕްރޮޓެކްޝަން އެޖެންސީ (އެންސްޕާ) ގެ ތަފާސްހިސާބުތަކުން ހާމަވެއްޖެއެވެ.

އެންސްޕާއިން އާންމުކުރި ހިސާބުތައް ދައްކާ ގޮތުން، މިދިޔަ މަހު ފަގީރު ހާލަތުގައި ދިރިއުޅޭ އެކަނި ދަރިން ބަލާ 3,357 މީހަކަށާއި 5,206 ކުޑަކުދިންނަށް ވަނީ އެހީ ފޯރުކޮށްދީފައެވެ. މި އެހީގެ ޖުމްލަ އަދަދަކީ 17,469,000 ރުފިޔާއެވެ. މީގެއިތުރުން، މި އެލަވަންސަށް އެދި އަލަށް 87 މީހަކާއި 179 ކުޑަކުދިން ރަޖިސްޓްރީ ކޮށްފައިވާ ކަމަށްވެސް އެ އެޖެންސީން ބުނެއެވެ.

ހަމައެއާއެކު، މައިންބަފައިންގެ އެހީތެރިކަމެއް ނެތި އެހެން ފަރާތްތަކުން ބަލަހައްޓާ ފަގީރު ހާލަތުގައިވާ 137 ކުދިންނަށާއި، 101 ބެލެނިވެރިންނަށް މާލީ އެހީގެ ގޮތުގައި މިދިޔަ މަހު 187,500 ރުފިޔާ ވަނީ ދޫކޮށްފައެވެ. އަދި މި އެހީ ހޯދުމަށް އަލަށް 4 ބެލެނިވެރިޔަކު އެދިފައިވާކަމަށް ތަފާސްހިސާބުތަކުން ދައްކައެވެ.

އެންސްޕާގެ ރިޕޯޓުގައިވާ ގޮތުން، ފަގީރު ހާލަތުގައި ދިރިއުޅޭ 655 ފަރާތަކަށް ކާބޯތަކެތި ގަތުމަށް 26,200 ރުފިޔާ ދީފައިވާއިރު، ތެލެސީމިއާ އެލަވަންސްގެ ގޮތުގައި 535 ފަރާތަކަށް 1,070,000 ރުފިޔާ ވަނީ ދޫކޮށްފައެވެ. އަދި މިދިޔަ މަހު އަލަށް 4 މީހަކަށް ތެލެސީމިއާ އެލަވަންސް ހަމަޖައްސައިދީފައިވެއެވެ.

މާލީ އެހީތެރިކަމާއި އިޖުތިމާއީ ރައްކާތެރިކަން ބޭނުންވާ ފަރާތްތަކަށް އެހީތެރިވުމަށް އެންސްޕާއިން އަންނަނީ ތަފާތު އެކި ޕްރޮގްރާމްތައް މެދުކެނޑުމެއްނެތި ހިންގަމުންނެވެ.

ގުޅުން ހުރި ލިޔުންތައް

guest
0 Comments
Oldest
Newest Most Voted