ފުލުހުންގެ ޚިދުމަތުގެ ދުވަހާ ގުޅިގެން ގަމުގައި ބާއްވާ ހިނގާލުމާއި ގުޅިގެން ސަމާލުވުމަށް އިލްތިމާސްކޮށްފި
Fulhunge khidhumathuge dhuvahaa gulhigen baahva hingaalumaai gulhigen samaaluvumah ilthimaaskohffi

ދިވެހި ފުލުހުންގެ ޚިދުމަތުގެ ދުވަހާ ގުޅިގެން ހައްދުންމަތީ ގަމުގައި އެކުވެރިކަމުގެ ހިނގާލުމެއް ބޭއްވުމަށް ހަމަޖެހިފައިވާތީ، މަގު ބޭނުންކުރައްވާ ފަރާތްތަކުން އެކަމަށް ސަމާލުވުމަށް ގަމު ކައުންސިލްގެ އިދާރާއިން އެދިއްޖެއެވެ.
ގަމު ކައުންސިލުން އާންމުކޮށްފައިވާ މައުލޫމާތުގައިވާ ގޮތުން، މި އެކުވެރިކަމުގެ ހިނގާލުން ކުރިއަށްދާނީ މިއަދުގެ ހަވީރު 16:45 އިން 17:30 އަށެވެ. މި ހިނގާލުން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ އެ ރަށުގެ ސިނާއީ މަގުގެ ވަކި ސަރަޙައްދެއްގައެވެ.

މި ހަރަކާތް ކުރިއަށްދާ ވަގުތުތަކުގައި ސިނާއީ މަގު ބޭނުންކުރައްވާ އެންމެހައި ފަރާތްތަކުން މިކަމަށް ޚާއްސަ ސަމާލުކަމެއް ދެއްވުމަށް ކައުންސިލް އިދާރާއިން ވަނީ އިލްތިމާސްކޮށްފައެވެ.




