ޤާރީ ޢަބްދުއްރަޙްމާން ޔޫނުސް: ޤުރުއާނުގެ ޢިލްމު ފެތުރުމުގައި އަގުހުރި ޚިދުމަތްތެރިއެއް

Qari Abduh Rahmaan yunus: Quruan ilmu fethurumugai Aguhuri Khidhumaitheri eh

ރ. އަލިފުއްޓަށް އުފަން ޤާރީ ޢަބްދުއްރަޙްމާން ޔޫނުސަކީ ކީރިތި ޤުރުއާނުގެ ޢިލްމު ދިވެހިރާއްޖޭގައި ފެތުރުއްވުމުގައި ނުހަނު އަގުހުރި އަދި ނަމޫނާ މަސައްކަތްޕުޅުތަކެއް ކުރައްވަމުން ގެންދަވާ ޚިދުމަތްތެރި ބޭފުޅެކެވެ. އިލްމު ފެތުރުއްވުމުގައި ދައްކަވާ ހީވާގިކަމާއި، ޤުރުއާން އުނގަންނައިދެއްވުމުގައި ދައްކަވާ ލޯތްބާއި ކެތްތެރިކަމަކީ ގިނަ ބައެއްގެ ތަޢުރީފު އެމަނިކުފާނަށް ލިބިގެންދާ މައިގަނޑު ސަބަބެވެ.

ދިވެހިރާއްޖޭގެ އެކި ކަންކޮޅުތަކަށް ނިސްބަތްވާ އެތައް ރައްޔިތުންނަކަށް ޤުރުއާނުގެ ޢިލްމު އުނގަންނައިދެއްވައި، ފުންނާބުއުސް އެތައް ޤާރީންނެއް އެމަނިކުފާނުގެ ބެއްލެވުމުގެ ދަށުން ވަނީ ތަމްރީނުވެފައެވެ. އަދި މިއަދުވެސް އެމަނިކުފާނު ހިންގަވާ ޤުރުއާން ކުލާސްތަކުގައި އެތައް ސަތޭކަ ދަރިވަރުންނެއް ތަޖުވީދުގެ ހަމަތަކާއެކު ޤުރުއާން ކިޔަވަން ދަސްކުރަމުން އަންނަކަން ފާހަގަކޮށްލެވެއެވެ.

މީގެއިތުރުން، ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ (އެމް.އެން.ޔޫ) ގައި ވަޒީފާ އަދާކުރައްވަމުން ގެންދަވާ ޤާރީ ޢަބްދުއްރަޙްމާނަކީ ދަރިވަރުން ބިނާކުރުމުގައި ވަރުބަލިކަމެއް ނެތި މަސައްކަތްކުރައްވާ ހީވާގި ލެކްޗަރަރއެކެވެ. އެމަނިކުފާނުގެ އުނގަންނައިދިނުމުގެ ހުނަރާއި، ދަރިވަރުންނަށް ކަންކަން ފަހުމުކޮށްދެއްވުމުގައި ގެންގުޅުއްވާ އުކުޅުތަކަކީ ޔުނިވަރސިޓީގެ ދަރިވަރުންގެ މެދުގައި ނުހަނު މަޤްބޫލު ކަމެކެވެ.

ޢަބްދުއްރަޙްމާން ޔޫނުސަކީ އެންމެންނާވެސް ގުޅޭ، އެކުވެރި، ސާދާ އަދި މާތް އަޚްލާޤެއްގެ ވެރި ބޭފުޅެކެވެ. ކީރިތި ޤުރުއާން އުނގަންނައިދިނުމުގައި އެއްވެސް ފޫހިކަމެއް އަދި ވަރުބަލިކަމެއް ނެތި ދެމިހުންނެވި މި ޚިދުމަތްތެރިޔާއަކީ، ޤައުމުގެ އިސްލާމީ ތަރަހަ ވަރުގަދަކުރުމަށާއި މުޖުތަމަޢުގައި ޤުރުއާނަށް ލޯބިކުރާ ޖީލެއް ބިނާކުރުމަށްޓަކައި ނުހަނު އިޚްލާޞްތެރި މަސައްކަތްތަކެއް ކުރައްވަމުން ގެންދަވާ ޤައުމީ ޝަޚްޞިއްޔަތެކެވެ.

 

ގުޅުން ހުރި ލިޔުންތައް

guest
0 Comments
Oldest
Newest Most Voted