ހުޅުމާލެގައި ހިނގި އެކްސިޑެންޓެއްގެ މައްސަލައެއްގައި ކަލައިދޫ މީހަކު ހައްޔަރުކޮށްފި

Hulhumale'gai hingi accident ehgge mahssalaehgai Kalaidhoo meehaku hahyarukohffi

ހުޅުމާލެ ފޭސް 2 ގައި ޕާކުކޮށްފައި އޮތް ކާރެއްގައި ޖެހި އެކްސިޑެންޓުވުމަށްފަހު މަޑުނުކޮށް ފިލައިގެން ދިޔަ މައްސަލައެއްގައި ލ. ކަލައިދޫ މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސް ބަންދަށް 10 ދުވަސް ޖަހައިފިއެވެ.

ފުލުހުން ވިދާޅުވި ގޮތުގައި މި ހާދިސާ ހިނގާފައިވަނީ 2026 ސެޕްޓެމްބަރު 14 ވަނަ ދުވަހުގެ ރޭ 19:10 އެހައިކަންހާއިރުއެވެ. އެ ހާދިސާ ހިނގާފައިވަނީ ހުޅުމާލެ ފޭސް 2، ބެރެބެދިމާ ހިނގުމުގައި ޕާކުކޮށްފައި އޮތް ކާރެއްގައި އުޅަނދަކުން ޖެހުމަށްފަހު މަޑުނުކޮށް ދިއުމުންނެވެ.

މި މައްސަލައާ ގުޅިގެން ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވަނީ ނެސްޓް / ލ.ކަލައިދޫ، ޣުފްރާން ޚާލިދު (26އ) އެވެ. ފުލުހުން ކުރި މަސައްކަތުން އޭނާ ހޯދައި ހައްޔަރުކުރިއިރު، އޭނާ ހުރީ މަސްތުގެ ހާލަތުގައި ކަމަށް ތުހުމަތު ކުރެވިފައިވެއެވެ. އަދި އޭނާ ދުއްވި އުޅަނދު ބަލައި ފާސްކުރިއިރު، ބަނގުރާ ހުރި ދަޅަކާއި ބަނގުރާ ހުސްކުރި ދެ ދަޅު ފެނިފައިވާ ކަމަށްވެސް ފުލުހުން މައުލޫމާތު ދެއެވެ.

ޣުފްރާން ޚާލިދުގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން، އޭނާ 10 ދުވަހުގެ މުއްދަތަށް ބަންދުގައި ބެހެއްޓުމަށް ކޯޓުން ވަނީ އަމުރުކޮށްފައެވެ. މި މައްސަލަ ފުލުހުން ދަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.

ގުޅުން ހުރި ލިޔުންތައް

guest
0 Comments
Oldest
Newest Most Voted