ގަވާއިދާ ހިލާފަށް މަސްވެރިކަން ކުރި ބޭރުގެ ބޯޓެއް 6 މީހުންނާއެކު ކޯސްޓްގާޑުގެ ބެލުމުގެ ދަށަށް ގެނެސްފި
Qavaaidhaa hilaafah massverikan kuri beyruge boat eh 6 meehunaaeku coastgurd ge melumuge dhashah genesffi

ދިވެހިރާއްޖޭގެ ކަނޑުގެ ސަރަހައްދުގައި ގަވާއިދާ ހިލާފަށް މަސްވެރިކަން ކުރަމުންދިޔަ ބޭރުގެ މަސްބޯޓެއް އެމްއެންޑީއެފް ކޯސްޓްގާޑުން މިއަދު އަތުލައިގެންފިއެވެ.
އެމްއެންޑީއެފުން ވިދާޅުވި ގޮތުގައި މި އުޅަނދު އަތުލައިގަނެވިފައިވަނީ ރާއްޖޭގެ ސަރަހައްދު ބެލެހެއްޓުމަށް ކޯސްޓުގާޑުން ހިންގި ހާއްސަ އޮޕަރޭޝަނެއްގެ ތެރެއިން، ކ. ދިއްފުށީގެ އިރުން 123 ނޯޓިކަލް މޭލު ބޭރުންނެވެ.

މި ބޯޓު ކޯސްޓްގާޑުގެ ބެލުމުގެ ދަށަށް ގެނެވުނުއިރު، އޭގައި 6 ފަޅުވެރިން ތިބި ކަމަށް ސިފައިން ވަނީ ކަށަވަރުކޮށްދީފައެވެ.
އެމްއެންޑީއެފުން މިހާރު ދަނީ އަތުލައިގަނެވުނު ބޭރުގެ މަސްބޯޓު ވެރިރަށް މާލެއަށް ގެނައުމުގެ މަސައްކަތް ކުރަމުންނެވެ.




