ވަޠަނީ ޚިދުމަތުގެ ފަންނީ ޕްރޮގުރާމުން އިތުރު 73 ދަރިވަރަކު ދަސްވެނިވެއްޖެ

Vathanee khidhumathuge fanne programe in ithuru 73 dharivaraku dhasvenivehjje

ދިވެހި ވަޠަނީ ޚިދުމަތުގެ ފަންނީ ތަމްރީނުގެ ދެވަނަ ބެޗުން 73 ދަރިވަރަކު ދަސްވެނިވެއްޖެއެވެ. މި ޕްރޮގްރާމަކީ ދިވެހި ވަތަނީ ޚިދުމަތުގެ ޕްރޮގްރާމްތަކުގެ ތެރެއިން ނޭޝަނަލް ސަރވިސް އިނީޝިއަލް ޓްރެއިނިން ފުރިހަމަކުރާ ދަރިވަރުންނަށް ޚާއްޞަކޮށްގެން ކުރިއަށްގެންދާ ތަމްރީނެކެވެ.

ޖޫން 3 އިން ފެށިގެން 16 ހަފްތާގެ މުއްދަތަށް ކުރިއަށްގެންދިޔަ މި ތަމްރީނުތަކުގެ ދެވަނަ ބުރުގައި، ރާއްޖޭގެ 17 އަތޮޅަކުން ޖުމްލަ 75 ދަރިވަރުން ބައިވެރިވިއެވެ. އޭގެ ތެރެއިން ކާމިޔާބުކަމާއެކު ތަމްރީން ފުރިހަމަކުރި 73 ދަރިވަރުންގެ ތެރޭގައި ހިމެނެނީ 60 ފިރިހެން ކުދިންނާއި 13 އަންހެން ކުދިންނެވެ.

ސިފައިންގެ ތަޖުރިބާކާރު އިންސްޓްރަކްޓަރުން ކިޔަވައިދެއްވި މި ތަމްރީނުގައި އޮޓޯ މޯބައިލް އިންޖިނިއަރިންގ، މެރިން އިންޖިނިއަރިންގ، އިލެކްޓްރީޝަން، ރެފްރިޖެރޭޝަން އެންޑް އެއަރ ކަންޑީޝަން، ވެލްޑިންގ، މެޓަލް ފެބްރިކޭޝަން އަދި އޮފީސް މެނޭޖުމަންޓް ފަދަ ސިނާއީ އެކި ދާއިރާތަކުގެ ހުނަރުތައް ވަނީ އުނގަންނައިދީފައެވެ. މި ތަމްރީނު ފުރިހަމަކުރި ދަރިވަރުންނަށް ލިބެނީ މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ޤަބޫލުކުރާ ލެވެލް 3 ގެ ސެޓިފިކެޓެކެވެ.

ދިވެހި ވަޠަނީ ޚިދުމަތުގެ ފަންނީ ތަމްރީނުގެ ތެރެއިން ވޭތުވެދިޔަ 9 މަސްދުވަހުގެ ތެރޭގައި 136 ޒުވާނުން ދަސްވެނިވެފައިވާއިރު، މި ޕްރޮގްރާމްގެ 3 ވަނަ ބެޗުގެ ތަމްރީންތައް މިމަހުގެ 12 ވަނަ ދުވަހު ފެށުމަށް ވަނީ ހަމަޖެހިފައެވެ.

ދިވެހި ވަޠަނީ ޚިދުމަތަކީ ރާއްޖޭގެ ޒުވާނުންގެ މުސްތަޤްބަލު ބިނާކުރުމަށާއި، ޤައުމީ ރޫޙާއި އިސްލާމީ އަޚްލާޤު ދިރުވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ފެއްޓެވި ޕްރޮގްރާމެކެވެ. މި ޕްރޮގްރާމުގެ ތެރެއަށް ފަންނީ އިތުރު ދާއިރާތައް ތަޢާރަފްކޮށް، ނޭޝަނަލް ސަރވިސްގެ އިންޓަރންޝިޕް ޕްރޮގްރާމްތައްވެސް ކުރިއަށް އޮތްތަނުގައި ތަޢާރަފްކުރެވޭނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ވަނީ ވިދާޅުވެފައެވެ. މި ޕްރޮގްރާމުގެ ދަށުން މިހާތަނަށް 3 ބެޗަކުން 1000 އަށްވުރެ ގިނަ ދަރިވަރުން ވަނީ ތަމްރީނު ފުރިހަމަކޮށްފައެވެ.

ގުޅުން ހުރި ލިޔުންތައް

guest
0 Comments
Oldest
Newest Most Voted