ގަމު ރީޖަނަލް ހޮސްޕިޓަލުން ދުނިޔޭގެ ހިތުގެ ދުވަސް ކުލަގަދަކޮށް ފާހަގަކޮށްފި
Gamu regional hospitalun dhuniyeyge hithuge dhuvass kulagadhakoh faahagakohffi

ދުނިޔޭގެ ހިތުގެ ދުވަސް ފާހަގަކުރުމުގެ ގޮތުން ގަމު ހޮސްޕިޓަލުން އިސްނަގައިގެން ޚާއްޞަ ހަރަކާތްތަކެއް އިއްޔެ ކުރިއަށް ގެންގޮސްފިއެވެ. މި ހަރަކާތްތައް ކުރިއަށް ގެންގޮސްފައިވަނީ ގަމު މާހިންނަ ކުޅޭ ބިމުގައެވެ.
ހިތުގެ ދުޅަހެޔޮކަން ދެނެގަތުމަށާއި އާންމުންގެ މެދުގައި ހޭލުންތެރިކަން އިތުރުކުރުމުގެ މަޤްޞަދުގައި ކުރިއަށް ގެންދިޔަ މި ހަރަކާތުގެ ތެރޭގައި ޚާއްޞަ ހެލްތު ސްކްރީނިންގ ޕްރޮގްރާމެއް ވަނީ ހިންގާފައެވެ. މި ސްކްރީނިންގގެ ތެރެއިން ލޭގެ ޕްރެޝަރު ބެލުމާއި، ލޭގައި ހަކުރު ހުރި މިންވަރު ބެލުމުގެ އިތުރުން އިސްކޮޅާއި ބަރުދަން ބަލައި، ބޮޑީ މާސް އިންޑެކްސް (ބީއެމްއައި) ވެސް ވަނީ ބަލާފައެވެ. އަދި އާންމުންނަށް ޞިއްޙީ މަޢުލޫމާތު ފޯރުކޮށްދިނުން ވެސް މި ހަރަކާތުގެ ތެރެއިން ކުރިއަށް ގެންދިޔައެވެ.

މީގެ އިތުރުން މި ހަރަކާތުގެ ތެރެއިން ބައިވެރިން ހިތުގެ ބައްޓަމަށް އެތުރިގެން ޚާއްޞަ ފޮޓޯއެއް ވަނީ ނަގާފައެވެ. އަދި ހިތުގެ ދުވަސް ފާހަގަކުރުމުގެ ގޮތުން ކުރިއަށް ގެންދިޔަ ހަރަކާތްތަކުގެ ތެރޭގައި ފޯރިގަދަ ފުޓްބޯޅަ މެޗެއް ވެސް ވަނީ ކުޅެފައެވެ.





