ދަނޑުވެރިންގެ ދުވަހާ ގުޅުވައިގެން އިސްދޫގައި ކާބޯތަކެތީގެ މައުރަޒެއް ބާއްވަނީ
Dhanduveringe dhuvahaai gulhuvaigen Isdhoo gai kaaboathaketheege maurazeh baahavanee

ދަނޑުވެރިންގެ ދުވަހާ ގުޅިގެން ލ. އިސްދޫގައި ކާބޯތަކެތީގެ ޚާއްޞަ މައުރަޒެއް ބޭއްވުމަށް އިސްދޫ ކައުންސިލުން ނިންމައި، އެ މައުރަޒުގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ.
މި މައުރަޒު ބޭއްވުމަށް ހަމަޖެހިފައިވަނީ މި ހިނގާ އޮކްޓޯބަރު މަހުގެ 16 ވާ ހުކުރު ދުވަހުގެ ހަވީރު 16:00 ގައި އިސްދޫ ސްކޫލް ހޯލުގައެވެ. މިއީ ދަނޑުވެރިކަމުގެ އުފެއްދުންތަކާއި އެކި ކަހަލަ ކާބޯތަކެތި އިޝްތިހާރުކޮށް ވިއްކުމަށް ހުޅުވާލެވޭ ފުރުޞަތެކެވެ.

މައުރަޒުގައި ބައިވެރިވުމުގެ ފުރުޞަތު ރަށުގެ މުއައްސަސާތަކަށާއި، ކްލަބް ޖަމްޢިއްޔާތަކުގެ އިތުރުން 8 މީހުންނާއި 10 މީހުންގެ ގްރޫޕުތަކަށް ބެހިގެން އާންމު ފަރާތްތަކަށް ވެސް ވަނީ ހުޅުވާލާފައެވެ.
މި ހަރަކާތުގައި ބައިވެރިވާން އެދޭ ފަރާތްތަކުން މި މަހުގެ 11 ވާ އާދީއްތަ ދުވަހުގެ މެންދުރުފަހު 14:00 ގެ ކުރިން ނަން ނޯޓުކުރަން ޖެހެއެވެ. ބައިވެރިވުމަށް ޝައުޤުވެރިވާ ފަރާތްތަކުން 9107240 ނަންބަރަށް ގުޅައިގެން މަޢުލޫމާތު ސާފުކުރުމަށް ކައުންސިލުން އެދެއެވެ.




