ސާޓާ އެވޯޑްސް 2026: ބައިސަން މޯލްޑިވްސްގެ ރެވެރީސް މޯލްޑިވްސް އަދި ޖީއެމް އައްބާސްއަށް ޝަރަފުވެރި ކާމިޔާބީއެއް
SATA awards 2026: BISON Madivesgee reveries maldives adhi GM Abbas ah sharafuveri kaamiyaabee eh

ދެކުނު އޭޝިއާ ސަރަޙައްދުގެ ފަތުރުވެރިކަމުގެ ދާއިރާގައި ދެވޭ އެންމެ ޝަރަފުވެރި އެއް އެވޯޑް ކަމަށްވާ ސައުތު އޭޝިއަން ޓްރެވަލް އެވޯޑްސް (ސާޓާ) 2026 ގައި ބައިސަން މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑްގެ ރެވެރީސް މޯލްޑިވްސް އަދި އެ ހޮޓަލުގެ ޖެނެރަލް މެނޭޖަރު އައްބާސް އިބްރާހީމަށް ފާހަގަކޮށްލެވޭ ބޮޑު ކާމިޔާބީއެއް ލިބިއްޖެއެވެ.
މި އަހަރުގެ އެވޯޑް ހަފުލާގައި ރެވެރީސް މޯލްޑިވްސް އިން ވަނީ ”ލީޑިންގ ބަޖެޓް ހޮޓެލް“ ގެ އެވޯޑް ހާސިލުކޮށްފައެވެ. މިއީ ސަރަޙައްދީ ފެންވަރުގައި ހޮޓާތަކުގެ ފެންވަރު ބަލައި، ޖޫރީގެ ވަޒަންކުރުމާއި އާންމުންގެ ވޯޓާއެކު ދެވޭ އެވޯޑެކެވެ. މި އެވޯޑު ލިބުމުން ދޭހަކޮށްދެނީ ފެންވަރު ރަނގަޅު އެކޮމޮޑޭޝަނާއި، ރަށްރަށުގެ އެކްސްކާޝަންތަކާއި ޑައިވިންގ ތަޖުރިބާތަކުގެ އިތުރުން ފުރިހަމަ މެހެމާންދާރީއެއް ފޯރުކޮށްދިނުމަށް އެ ހޮޓަލުން ކުރަމުންދާ މަސައްކަތް ކަމަށް ބައިސަން މޯލްޑިވްސް އިން ބުނެއެވެ.
މީގެ އިތުރުން، އެ ހޮޓަލުގެ ޖެނެރަލް މެނޭޖަރު އައްބާސް އިބްރާހީމަށް ވަނީ ”ޔަންގް ހޮޓެލިއަރ އަންޑަރ 40“ އެވޯޑް ލިބިވަޑައިގެންފައެވެ. މިއީ ފަތުރުވެރިކަމުގެ ދާއިރާގައި ފާހަގަކޮށްލެވޭ ލީޑަރޝިޕާއި ޚިދުމަތުގެ ފެންވަރު ދައްކުވައިދޭ ޒުވާން ހުނަރުވެރިންގެ އަގުވަޒަންކުރުމުގެ ގޮތުން ދެވޭ ޝަރަފެކެވެ. އައްބާސް ވަނީ ރެވެރީސް މޯލްޑިވްސްގެ ފެށުމުގައި އެފް އެންޑް ބީ ދާއިރާއިން މަސައްކަތް ފައްޓަވައި، އޮޕަރޭޝަންސް ދާއިރާއިން ކުރިއަރައިގެން ގޮސް ހޮޓެލް މެނޭޖަރުކަމާއި މިހާރު ޖެނެރަލް މެނޭޖަރުގެ މަޤާމާ ހަމައަށް ވާސިލުވެވަޑައިގެންފައެވެ.
ބައިސަން މޯލްޑިވްސް އިން ފާހަގަކުރި ގޮތުގައި މި ދެ ކާމިޔާބީއަކީ ދިވެހިވަންތަ މެހެމާންދާރީއާއި، މެހެމާނުންނަށް ފުރިހަމަ ތަޖުރިބާއެއް ފޯރުކޮށްދިނުމަށާއި ދެމެހެއްޓެނިވި ޚިދުމަތްތަކެއް ދިނުމަށް ކުރާ އަޒުމް ދައްކުވައިދޭ ހެއްކެކެވެ. އަދި މި ކާމިޔާބީއާއެކު، މެނޭޖްމަންޓުން ވަނީ ހީވާގި ޓީމަށާއި، ޒިޔާރަތްކުރި މެހެމާނުންނަށް އަދި ޕާޓްނަރުންނަށް ޝުކުރު އަދާކޮށްފައެވެ.




