ހަފުތާ ބަންދުގައި ރާއްޖޭގެ ހުރިހާ ސަރަޙައްދަކަށް މޫސުން ގޯސްވާނެ ކަމަށް މެޓުން ބުނެފި

Hafthaa bandhugai raajjeyege hurihaa sarahahdhakah moosun goasvaane kamah METun bunefi

ކުރިއަށް އޮތް ހަފުތާ ބަންދުގައި ރާއްޖޭގެ ހުރިހާ ސަރަޙައްދަކަށް ވެސް މޫސުން ގޯސްވާނެ ކަމަށް މޫސުމާ ބެހޭ ޤައުމީ އިދާރާ (މެޓް) އިން ލަފާކޮށްފިއެވެ. އެ އިދާރާއިން ވިދާޅުވީ މިހާރު ރާއްޖެއަށް ކުރަމުން މިދަނީ މޫސުމީ ވިއްސާރަ ކަމަށެވެ.

އިއްޔެއިން ފެށިގެން ރާއްޖޭގެ ހުރިހާ ހިސާބަކަށް ވެސް މޫސުން ގޯސްވެފައިވާއިރު، ކުރިއަށް އޮތް ހުކުރު އަދި ހޮނިހިރު ދުވަހު ވެސް މުޅި ރާއްޖެއަށް މޫސުން ގޯސްވެ ބޯކޮށް ވާރޭވެހޭނެ ކަމަށް ވަނީ ލަފާކުރެވިފައެވެ. މި ވިއްސާރައިގައި ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި ވަރަށް ބޯކޮށް ވާރޭވެހެމުންދާ ކަން ފާހަގަކުރެވެއެވެ.

ވައިގެ ބާރުމިން އާންމު ގޮތެއްގައި ހުންނާނީ ގަޑިއަކު 5 މޭލާއި 15 މޭލާ ދެމެދުގައެވެ. އާންމު ގޮތެއްގައި ވައި މަޑުވެ ކަނޑުތައް ވެސް މަޑުވާނެ ކަމަށް ލަފާކުރެވުނު ނަމަވެސް، ވިލާގަނޑުގައި ގަޑިއަކު 35 މޭލަށް ވައި ބާރުވެ، ކަނޑުތައް ގަދަވާނެ ކަމަށް މެޓް އޮފީހުން ލަފާކުރެއެވެ.

މެޓް އޮފީހުން އިތުރަށް ވިދާޅުވީ މިހާރު ކުރަމުންދާ މި ވިއްސާރަ އަންނަ ހަފުތާއަށް ވެސް ދެމިގެންދާނެ ކަމަށް ބެލެވޭ ކަމަށެވެ.

ގުޅުން ހުރި ލިޔުންތައް

guest
0 Comments
Oldest
Newest Most Voted