ދައުލަތުގެ މުއައްސަސާތަކުގެ ޑިރެކުޓަރީ ވެބްސައިޓު ރައީސް އޮފީހުން އިފުތިތާހުކޮށްފި

Dhaulathuge muahsasaathakuge directory website raees office in ifthithaahukohffi

ދައުލަތުގެ މުއައްސަސާތަކާ ބެހޭ ސައްހަ މައުލޫމާތު އެއްތަނަކުން ފަސޭހަކަމާ އެކު ބެލޭނޭ އިންތިޒާމެއް ހަމަޖެއްސެވުމުގެ ގޮތުން ދައުލަތުގެ މުއައްސަސާތަކުގެ ޑިރެކުޓަރީއެއް އެކުލަވައިލައްވައި، އެ ޑިރެކުޓަރީއަށް ޚާއްޞަ ވެބްސައިޓެއް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން މިއަދު އިފުތިތާހު ކުރައްވައިފި އެވެ.

މި ޑިރެކުޓަރީއަކީ ”މޯލްޑިވްސް 2.0“ ގެ ތަސައްވުރާ އެއްގޮތަށް، ދައުލަތުގެ އިދާރީ ހިންގުން ހަރުދަނާކޮށް، ދެފުށް ފެންނަ ހާމަކަން ބޮޑު ގޮތެއްގެ މަތިން ސަރުކާރުގެ ހިންގުން ބައްޓަންކުރުމަށްޓަކައި، ސަރުކާރުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން އިފުތިތާހުކުރެވުނު ޑިރެކުޓަރީއެކެވެ. ދައުލަތުގެ މުއައްސަސާތަކުގެ ޑިރެކުޓަރީގެ ވެބްސައިޓުގެ އެޑްރެހަކީ directory.presidency.gov.mv އެވެ.

މި ޑިރެކުޓަރީ އަދާހަމަކޮށް ބެލެހެއްޓުމަށްޓަކައި، ޑިރެކުޓަރީގައި ހިމެނޭ މައުލޫމާތުތަކުގެ ތެރެއިން އެ މުއައްސަސާއެއްގެ އިސް ވެރިޔާގެ ގޮތުގައި ކަނޑައަޅާ ފަރާތުގެ ނަމާއި، މުއައްސަސާގެ އެޑްރެހާއި، މުވާސަލާތުކުރެވޭނެ ގޮތް ނުވަތަ މީސްވިއުގަ ލިންކުތަކަށް އެއްވެސް ބަދަލެއް އަތުވެއްޖެނަމަ، އެ މުއައްސަސާއަކުން އެކަން ރައީސުލްޖުމްހޫރިއްޔާގެ އޮފީހަށް ހުށަހަޅަންޖެހެ އެވެ. މި ބަދަލުތައް ހުށަހަޅަން ޖެހެނީ ޑިރެކުޓަރީގެ ވެބްސައިޓުގައި މައްސަލަ ހުށަހެޅުމަށް ހަމަޖެހިފައިވާ ފޯމު މެދުވެރިކޮށް ނުވަތަ އީމެއިލް މެދުވެރިކޮށެވެ.

މީގެ އިތުރުން، ދައުލަތުގެ އިދާރާތަކުގެ ރަސްމީ ލިޔެކިޔުންތަކާއި، މަޠުބޫޢާތަކާއި، މައުލޫމާތު އެއްކޮށް ބެލެހެއްޓުމަށް ބޭނުންކުރަމުންދާ ސިސްޓަމްތަކާއި ޑޭޓާބޭސްތަކުގެ އިތުރުން، ވެބްސައިޓްތަކާއި ސޯޝަލް މީޑިއާގެ ވަސީލަތްތަކުގައި ދައުލަތުގެ މުއައްސަސާތަކުގެ ނަންތައް ދިވެހި އަދި އިނގިރޭސި ބަހުން ލިޔާނީ މި ޑިރެކުޓަރީގައިވާ ގޮތަށް ކަމުގައި ވެސް ސަރުކާރުން ވަނީ ހަމަޖައްސަވާފަ އެވެ.

ގުޅުން ހުރި ލިޔުންތައް

guest
0 Comments
Oldest
Newest Most Voted