ސިއްޙީ ދާއިރާގެ 51 ސްކޮލަރޝިޕަކަށް ކުރި ޕޯޓަލް މެދުވެރިކޮށް ހުޅުވާލައިފި

Sihhee Dhaairaage 51 Scholarship akah Kuri Poatal Medhuverikoh Hulhuvaalaifi

ތަޢުލީމާއި މަތީ ތަޢުލީމާއި ހުނަރުތައް ތަރައްޤީކުރުމާ ބެހޭ މިނިސްޓްރީން އެލައިޑް ހެލްތު ޕްރޮފެޝަނަލް ސްކޮލަރޝިޕް ސްކީމުގެ 955 ޖާގައަކަށް، 51 ދާއިރާއެއް ހިމެނޭ ގޮތަށް، ޑިސެމްބަރުގެ ނިޔަލަށް ކުރިމަތިލެވޭ ގޮތަށް ހުޅުވާލައިފިއެވެ.

ފިޒިއޮތެރެޕީއާއި ކައުންސެލިންއާއި ސައިކޮލޮޖީއާއި ފާމަސީ އަދި ލޮލުގެ ފަރުވާ ފަދަ ދާއިރާތައް ހިމެނޭ މި ސްކީމުގެ ދަށުން ޑިޕްލޮމާއިން ފެށިގެން މާސްޓާސް ޑިގްރީއާ ހަމައަށް ރާއްޖެއާއި ރާއްޖެއިން ބޭރުގައި ކިޔެވެއެވެ. ކުރިމަތިލާ ފަރާތަކީ މިހާރު ހާސިލުކޮށްފައިވާ ސަނަދަށް ވުރެ މަތީ ސަނަދެއް ހެދުމަށް ޕްލޭސްމެންޓް ލިބިފައިވާ މީހަކަށް ވާން ޖެހޭ އިރު، ރާއްޖެއިން ބޭރުގައި ކިޔަވާ ނަމަ ރާއްޖޭގައި ފުރިހަމަ ނުކުރެވޭ ޕްރޮގްރާމަކަށް ވާން ޖެހެއެވެ.

އެ މިނިސްޓްރީން ވިދާޅުވީ ކުދިން ހޮވާނީ ކުރި ޕޯޓަލް މެދުވެރިކޮށް ހުށަހަޅާ ތަރުތީބުން، ލިޔެކިޔުން ފުރިހަމަވެފައިވާ މީހުންނަށް، އެ އަހަރަކަށް ކަނޑައެޅިފައިވާ ބަޖެޓު ހަމަވަންދެން ކަމަށެވެ.

ގުޅުން ހުރި ލިޔުންތައް

guest
0 Comments
Oldest
Newest Most Voted