އެމްއައިބީ ގެސްޓްހައުސް އެވޯޑްސް ނުވަ ފަރާތަކަށް ދީފި
MIB Guest House Awards 9 Faraathakah Dheefi

މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) އިން ރާއްޖޭގެ ގެސްޓްހައުސް ސިނާއަތުގައި ފާހަގަކޮށްލެވޭ ޚިދުމަތްތައް ދޭ ފަރާތްތަކުގެ އަގުވަޒަންކުރުމަށް ބޭއްވި "އެމްއައިބީ ގެސްޓްހައުސް އެވޯޑްސް 2026" ގެ ހަފުލާގައި ނުވަ ފަރާތަކަށް ރަސްމީކޮށް އެވޯޑު ދީފިއެވެ.
10 ކޮޓަރިއަށް ވުރެ ގިނަ ގެސްޓްހައުސްތަކުގެ ބައިން ކަމަދޫއިން ތިން އެވޯޑެއް ހޯދައިފައިވެއެވެ. އެއީ އޮތެންޓިކް މޯލްޑިވިއަން އެކްސްޕީރިއަންސް އެވޯޑާއި، އައިލެންޑް އެކްސްކަރޝަންސް އެންޑް އެކްސްޕީރިއަންސަސް އެވޯޑާއި، އީކޯ ފްރެންޑްލީ އެވޯޑެވެ. ގެސްޓްހައުސް ޓޫރިޒަމް ޗެމްޕިއަން އައިލެންޑް އެވޯޑު ލިބުނީ ފުވައްމުލަކު ސިޓީއަށެވެ. މީގެ އިތުރުން ކޮނޑޭ ގާޑަން ވިލާއަށް ކޮމިއުނިޓީ އިމްޕެކްޓް ޓިއަރ އެކެއްގެ އެވޯޑު، އޯޝަން ގްރޭންޑަށް ޚިދުމަތުގެ ފެންވަރުގެ އެވޯޑު، ބްލިސް ދިގުރަށަށް ކިއުލިނަރީ އެކްސްޕީރިއަންސް އެވޯޑު، ސްވަރން ބައި ހޯކްސްއަށް ކޮމިއުނިޓީ އިމްޕެކްޓް ޓިއަރ ދޭއްގެ އެވޯޑު، އަދި މުޙައްމަދު ޝަމޫން އަމީނަށް އައުޓްސްޓޭންޑިން ޑައިވް މާސްޓަރުގެ ފަރުދީ އެވޯޑު ލިބިފައިވެއެވެ.
މިވަގުތު ރާއްޖޭގައި 931 ގެސްޓްހައުސް ހިންގަމުން އަންނައިރު، އެ ތަންތަނުގެ ބެޑް ކެޕޭސިޓީ 16،000 އިން މައްޗަށް އަރާ ކަމަށް ތަފާސްހިސާބުތަކުން ދައްކައެވެ.




