ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރި ބިދޭސީއަކު ހައްޔަރުކޮށް 30 ދުވަހަށް ބަންދުކޮށްފި

Raajjeah masthuvaathakethi etherekuri bidheyseeaku hayyarukoh 30 dhuvahah bandhukoffi

ރާއްޖެއަށް މަސްތުވާތަކެތި އެތެރެކޮށް ޓްރެފިކް ކުރި ކަމުގެ ތުހުމަތުގައި އިންޑިއާ ރައްޔިތެއް ކަމަށްވާ ޝަނަވާސް މަލައިލް (39 އަހަރު) ހައްޔަރުކޮށް 30 ދުވަހުގެ މުއްދަތަށް ކަސްޓޯޑިއަލް ޖަލުގައި ބަންދުކޮށްފިއެވެ.

ބަންދު އަމުރުން އެނގޭ ގޮތުގައި އޭނާގެ ލަގެޖު ބަލައި ފާސްކުރުމުގެ ތެރޭގައި މަސްތުވާތަކެތި ހުރި ކަމަށް ޝައްކުކުރެވޭ ދެ ފުޅި ފެނިފައިވެއެވެ. އެ ތަކެތީގެ ބަރުދަނުގައި 1.808 ކިލޯ ޓެޓްރާހައިޑްރޯލް ކެނަބިނޯލް / ކެނަބިނޯލް ހުރި ކަމަށް ބަންދު އަމުރުގައި ބަޔާންކޮށްފައިވެއެވެ.

ޝަނަވާސް ބުނެފައިވަނީ އެ ދެ ފުޅިއަކީ އޭނާގެ އަމިއްލަ އެއްޗެއް ކަމަށާއި އެއީ އެއްވެސް ފަރާތަކާ ހަވާލުކުރަން ޖެހޭ އެއްޗެއް ނޫން ކަމަށެވެ. މި މައްސަލައިގައި އޭނާ ބަންދުކޮށްފައިވަނީ ކަސްޓޯޑިއަލް ޖަލުގައި 30 ދުވަހުގެ މުއްދަތަށެވެ.

ގުޅުން ހުރި ލިޔުންތައް

guest
0 Comments
Oldest
Newest Most Voted