އެފްއެމްއެސްސީ ޕަސްކުއަލް ފުޓްސަލް ޗެލެންޖު ނޮވެމްބަރު 1 ގައި ފަށަނީ

FMSC Pascual Futsal Challenge November 1 gai fashanee

ލ. އަތޮޅުގައި ބާއްވާ އެންމެ ބޮޑު އަދި އެންމެ ފޯރިގަދަ ފުޓްސަލް މުބާރާތް ކަމަށްވާ ”ޕަސްކުއަލް ފޮނަދޫ ޔޫތު ފުޓްސަލް ޗެލެންޖު“ އަންނަ ނޮވެމްބަރު މަހުގެ 1 ވަނަ ދުވަހު ފެށުމަށް ތައްޔާރުވެއްޖެއެވެ.

މި މުބާރާތަކީ ފޮނަދޫ މެދުއަވަށު ސްޕޯޓްސް ކްލަބް (އެފްއެމްއެސްސީ) އިން އިންތިޒާމުކޮށްގެން ފޮނަދޫ ފުޓްސަލް ދަނޑުގައި ކޮންމެ އަހަރަކުވެސް ބާއްވަމުން އަންނަ މުބާރާތެކެވެ. މިއަހަރުގެ މުބާރާތުގެ މެއިން ސްޕޮންސަރަކީ ޕަސްކުއަލް އެވެ.

މުޅި ލ. އަތޮޅަށް ހުޅުވާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެ ޗެމްޕިއަން ޓީމަށް އެފްއެމްއެސްސީގެ ފަރާތުން ހުށަހަޅާފައިވަނީ 50,000 ރުފިޔާގެ ފައިސާގެ އިނާމެކެވެ. މިއީ އެ އަތޮޅުގައި ބާއްވާ ފުޓްސަލް މުބާރާތްތަކުގެ ތެރެއިން އެންމެ އަގުބޮޑު ފައިސާގެ އިނާމު ދޭ އެއް މުބާރާތެވެ. މިދިޔަ އަހަރެކޭ އެއްފަދައިން މިއަހަރުވެސް ރާއްޖޭގެ އެހެން އެއްވެސް މުބާރާތެއްގައި ނުކުރާ ކަމެއްގެ ގޮތުގައި، ގްރޫޕް ސްޓޭޖުން މޮޅުވާ ކޮންމެ ޓީމަކަށާއި، ކުއާޓާ ފައިނަލުން މޮޅުވާ ޓީމުތަކުގެ އިތުރުން ސެމީ ފައިނަލަށް ދަތުރުކުރާ ޓީމުތަކަށްވެސް ފައިސާގެ އިނާމު ދިނުމަށް ވަނީ ހަމަޖެހިފައެވެ.

މީގެ އިތުރުން، ވަކިވަކި ކުޅުންތެރިންނަށް ދޭ އިނާމުތަކަށް ބަލާއިރު މުބާރާތުގެ އެންމެ މޮޅު ފަސް ކުޅުންތެރިން (ޓޮޕް 5) އަށްވެސް ފައިސާގެ އިނާމު ދިނުމަށް ވަނީ ކަނޑައަޅާފައެވެ. އަދި މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިޔާ ނުވަތަ ”މުބާރާތުގެ ކިންގް“ އަށް 10,000 ރުފިޔާގެ ފައިސާގެ އިނާމެއް ދިނުމަށް ވަނީ ހަމަޖެހިފައެވެ.

މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު މިހާރު ވަނީ މި މަހުގެ 19 ވަނަ ދުވަހުގެ ނިޔަލަށް އިތުރުކޮށްފައެވެ. މުބާރާތުގެ ގަވާއިދު ހަމަޖެހިފައިވާ ގޮތުން، ކޮންމެ ޓީމަކަށްވެސް ލ. އަތޮޅުން ބޭރުން ހަތަރު ކުޅުންތެރިން ޓީމުގައި ހިމެނުމުގެ ފުރުސަތު ލިބެއެވެ. މީގެ ސަބަބުން ރާއްޖޭގެ ފުޓްސަލް ދަނޑުގައި ފާހަގަކޮށްލެވޭ މަޝްހޫރު ގިނަ ކުޅުންތެރިންތަކެއް މި މުބާރާތުގައި ވާދަކުރާ ޓީމުތަކުން ފެނިގެންދާނެއެވެ.

އަތޮޅުގެ ޒުވާނުންގެ މެދުގައި އެކުވެރިކަން ބަދަހިކުރުމާއި ފުޓްސަލް ހުނަރު ތަރައްގީކުރުމުގެ މަގުސަދުގައި ބާއްވާ މި މުބާރާތަކީ ސަޕޯޓަރުންގެ ބޮޑު ތަރުހީބެއް ލިބޭ މުބާރާތެކެވެ.

ގުޅުން ހުރި ލިޔުންތައް

guest
0 Comments
Oldest
Newest Most Voted