ފޮނަދޫ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީން ބޭއްވި ކާބޯތަކެތީގެ މައުރަޒު ކާމިޔާބުކަމާއެކު ނިންމާލައިފި
Fondhoo WDC in beyvvi kaaboathakketheege mauraz kaamiyaab kamaaeku ninmaalaifi

ދުނިޔޭގެ ކާބޯތަކެތީގެ ދުވަހާ ގުޅުވައިގެން ލ. ފޮނަދޫ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީ (ޑަބްލިއުޑީސީ) އިން އިންތިޒާމުކޮށްގެން ބޭއްވި ކާބޯތަކެތީގެ މައުރަޒު ކާމިޔާބުކަމާއެކު ނިންމާލައިފިއެވެ.
މި މައުރަޒުގައި ޖުމްލަ 11 ފަރާތަކުން ބައިވެރިވެ، ތަފާތު ވައްތަރުގެ ކާބޯތަކެތި ވަނީ ދައްކާލައި ވިއްކާފައެވެ. މި ހަރަކާތަކީ ރަށުގެ އަންހެނުންގެ އުފެއްދުންތެރިކަން އިތުރުކޮށް، ކާބޯތަކެތި ތައްޔާރުކުރުމުގެ ހުނަރު ކުރިއެރުވުމަށް ބާރުއެޅުމުގެ މަގުސަދުގައި ކުރިއަށްގެންދިޔަ ހަރަކާތެކެވެ.

މައުރަޒު ކުރިއަށްދިޔަ ވަގުތުތަކުގައި ރަށުގެ ގިނަ އަދަދެއްގެ ރައްޔިތުން ވަނީ ޒިޔާރަތްކޮށްފައެވެ. އަދި މައުރަޒަށް ޒިޔާރަތްކުރި މީހުންގެ މެދުގައި ގުރުއަތުލުމެއް ބާއްވައި، ގުރުއަތުން ހޮވުނު 5 ފަރާތަކަށް ފައިސާގެ އިނާމު ދީފައިވެއެވެ.
މީގެ އިތުރުން، މައުރަޒުގައި ބަހައްޓާފައިވާ ބައެއް ސްޓޯލްތަކުން ވިޔަފާރިކުރި ފަރާތްތަކުގެ މެދުގައިވެސް ވަނީ ޚާއްސަ ގުރުއަތުލުންތައް ކުރިއަށްގެންގޮސް، އިނާމުތައް ދީފައެވެ.




