ޓޫރިޒަމް މިނިސްޓްރީން ލާމު އަތޮޅާއިއެކު އިތުރު ފަސް އަތޮޅެއްގެ ރަށްތަކުގެ ކުލި ލުއިކޮށްފި

Toorizam ministreen laamu atholhaaieku ithuru 5 atholhehge raththakuge kuli luikoffi

ކްރޮސް ސަބްސިޑީ އުސޫލުން ފަތުރުވެރިކަމުގެ ބޭނުމަށް ހަ އަތޮޅެއްގެ ރަށްތައް ކުއްޔަށް ދިނުމުގައި ނަގާ ރޭޓުތަކަށް ޓޫރިޒަމް މިނިސްޓްރީން މިއަދު ލުއިތަކެއް ދީފިއެވެ.

އެ މިނިސްޓްރީން ކުރި އިޢުލާނުގައިވާ ގޮތުން، ލުއި ކޮންސެޝަން ރޭޓުތައް ކަނޑައަޅާފައިވަނީ ހއ.، ހދ.، ށ.، ތ. އަދި ލ. އަތޮޅާއި އައްޑޫ އަތޮޅުގެ ރަށްތަކަށެވެ. މި ލުއިތައް ދެމިއޮންނާނީ ދެ އަހަރު ދުވަހަށް ކަމަށް ވެސް އިޢުލާނުގައި ބުނެފައިވެއެވެ.

ލ. އަތޮޅުގެ ރަށްތައް ކުއްޔަށް ދިނުމުގައި ބޭސް ރޭޓުގެ ގޮތުގައި ހަތް ލައްކަ އެމެރިކާ ޑޮލަރު ކަނޑައަޅާފައިވާއިރު، ހެކްޓަރަކަށް 60,000 އެމެރިކާ ޑޮލަރު ދައްކަން ޖެހެއެވެ. ބާކީ ފަސް އަތޮޅުގެ ރަށްތަކަށް ބޭސް ރޭޓަކީ ހަތަރު ލައްކަ އެމެރިކާ ޑޮލަރު ކަމުގައިވާއިރު، ހެކްޓަރަކަށް ޖެހޭ ރޭޓަކީ 35,000 އެމެރިކާ ޑޮލަރެވެ.

ޕީއެސްއެމުން މިނިސްޓްރީއާ ހަވާލާދީ ރިޕޯޓުކޮށްފައިވާ ގޮތުގައި، ލީޒް އެކުއިޒިޝަން ކޮސްޓް ހޯދާނީ ބޭސް ރޭޓާއި ސައިޒް ޕްރީމިއަމާއި، ބިމުގެ ބޮޑުމިނުން ހެކްޓަރަކަށް ޖެހޭ ރޭޓު ގުނަކޮށްގެން ލިބޭ ޢަދަދު ޖަމާކޮށްގެންނެވެ. 20 ހެކްޓަރާއި 40 ހެކްޓަރާ ދެމެދުގެ ބިންތަކަށް ސައިޒް ޕްރީމިއަމެއް ނުޖެހޭނެއެވެ. ނަމަވެސް 41 ހެކްޓަރަށްވުރެ ބޮޑު ބިންތަކަށް ސައިޒް ޕްރީމިއަމްގެ ގޮތުގައި ފަސް ލައްކަ އެމެރިކާ ޑޮލަރު ދައްކަން ޖެހޭނެ ކަމަށް ރިޕޯޓުގައި ބުނެއެވެ.

އިޢުލާނުގައިވާ ގޮތުން، ކޮންމެ ރަށެއްގެ ބިމުގެ ބޮޑުމިން ކަނޑައަޅާނީ މީން ޓައިޑް ލައިނުގެ ތެރޭގައި ހިމެނޭ ސަރަޙައްދު ސާވޭކޮށްގެންނެވެ. ފަޅު ހިއްކުމުގެ ހުއްދަ ލިބޭނީ ހިއްކާ ސަރަޙައްދަށް ޖެހޭ އެކުއިޒިޝަން އަގު ދެއްކުމަށްފަހު ކަމަށް ވެސް އެ މިނިސްޓްރީން ބުނެއެވެ.

ކްރޮސް ސަބްސިޑީ ކަމުގައި ބަލަނީ، ދައުލަތުގެ އާންމު މަންފާއަށް ޓަކައި އިޤްތިޞާދީ ނުވަތަ އިޖްތިމާޢީ ސިޔާސަތެއްގެ ދަށުން ހިންގާ މަޝްރޫޢެއް، ކުރިން ކަނޑައަޅާފައިވާ ޢަދަދަކަށް އަމިއްލަ ފައިސާ ޚަރަދުކޮށްގެން ކުރާ ފަރާތަކަށް، އެ މަސައްކަތުގެ ބަދަލުގައި ދައުލަތުން ދޫކުރާ ރަށް، ބިން ނުވަތަ ފަޅަށެވެ. އެކަން ކުރެވެނީ ކުރިން އިޢުލާނުކޮށްފައިވާ އުސޫލުތަކެއްގެ މަތިންނެވެ.

ގުޅުން ހުރި ލިޔުންތައް

guest
0 Comments
Oldest
Newest Most Voted