ކ. އަތޮޅުން ލ. އަތޮޅާ ހިސާބަށް ރީނދޫ ސަމާލު ނެރެފި

K. atholhun L. atholhaa hisaabah reendhoo samaalu nerefi

ގުގުރުމާއެކު ބޯކޮށް ވާރޭ ވެހޭނެ ކަމަށް ލަފާކުރާތީ، ކ. އަތޮޅުން ފެށިގެން ލ. އަތޮޅާ ހަމައަށް މޫސުމާ ބެހޭ ޤައުމީ އިދާރާ (މެޓް) އިން ރީނދޫ ސަމާލު ނެރެފިއެވެ.

މެޓުން ނެރުނު ސަމާލުގައިވާ ގޮތުން، މި ސަރަހައްދުތަކަށް ވާރޭ ވެހޭއިރު ގުގުރާނެއެވެ. ވިލާގަނޑުގައި ވައިގެ ބާރުމިން ގަޑިއަކު 45 މޭލަށް އަރާނެ ކަމަށްވެސް އެ އިދާރާއިން ބުނެފައިވެއެވެ.

ވާރޭ ބޯކޮށް ވެހޭ ވަގުތުތަކުގައި ބައެއް ހިސާބުތަކުގައި ފެންބޮޑުވެދާނެ ކަމަށް މެޓުގެ އޮފިޝަލަކު ބުންޏެވެ. މިރޭ މާލެ ސަރަހައްދަށް 15 މިލިމީޓަރުގެ ވާރޭ ވެހިދާނެ ކަމަށް ލަފާކުރި ނަމަވެސް، ރާޅުގެ ސަބަބުން ފެންބޮޑުވުމުގެ ފުރުޞަތު ކުޑަ ކަމަށް އޮފިޝަލް ބުނެއެވެ.

”15 މިލިމީޓަރަކީ އާންމުކޮށް މާލޭގައި ފެންބޮޑުވާ މިންވަރެއް ނޫން. 30 މިލިމީޓަރަށްވުރެ މަތިވެއްޖެއްޔާ މާލެ ސަރަހައްދުގައި ފެންބޮޑުވާނީ“ އޮފިޝަލް ބުންޏެވެ.

މެޓުގެ ލަފާގައިވާ ގޮތުން، މިރޭއާއި މާދަމާ އަދި މާދަން ރޭވެސް ރާއްޖޭގެ އެކި ހިސާބުތަކަށް ވިއްސާރަ ކުރާނެއެވެ. ކުރިއަށް އޮތް 24 ގަޑިއިރު މުޅި ރާއްޖެއަށް ވިއްސާރަ ކުރާނެ ކަމަށްވެސް އެ އިދާރާއިން ބުނެއެވެ.

ގުޅުން ހުރި ލިޔުންތައް

guest
0 Comments
Oldest
Newest Most Voted