80 އަށް ވުރެ ގިނަ ބައިވެރިންނާއެކު ގަމު ރީޖަނަލް ހޮސްލިޓަލްގެ ހިތާނު ކޭމްޕު ފަށައިފި

80 ah vure gina baiverinnaa eku gamu regional hospital ge hithaanee camp fashaifi

80 އަށް ވުރެ ގިނަ ބައިވެރިންނާއެކު، ގަމު ރީޖަނަލް ހޮސްޕިޓަލުގެ ހިތާނީ ކޭމްޕު ފަށައިފިއެވެ.

ގަމު ރީޖަނަލް ހޮސްލިޓަލް އިން ބުނީ ، މި މަހު 1 ވަނަ ދުވަހުން ފެށިގެން 9 ވަނަ ދުވަހާއި ހަމައަށް ކުރިއަށްގެންދާ މި ހިތާނު ކޭމްޕުގައި މުޅި ޖުމުލަ 83 ފަރާތެއް ބައިވެރިވެފައިވާ ކަމަށެވެ.

މި ހިތާނީ ކޭމްޕަކީ ގަމު ރީޖަނަލް ހޮސްޕިޓަލާ މޯލްޑިވްސް އެސޯސިއޭޝަން އޮފް ސާޖަންސް ގުޅިގެން ކުރިއަށް ގެންދާ ހިތާނީ ކޭމްޕެކެވެ. މި ކޭމްޕުގައި މޯލްޑިވްސް އެސޯސިއޭޝަން އޮފް ސާޖަންސްގެ ފަރާތުން ހަރަކާތްތެރިވަނީ ޑރ މުހައްމަދު ވަހީދު އަދި ޑރ އަބްދު ﷲ އުބައިދުއެވެ.

މޯލްޑިވްސް އެސޯސިއޭޝަން އޮފް ސާޖަންސް އިން ބުނީ ގަމު ރީޖަނަލް ހޮސްޕިޓަލާ މޯލްޑިވްސް އެސޯސިއޭޝަން އޮފް ސާޖަންސް ގުޅިގެން ކުރިއަށް ގެންދާ ދަރުމަވެރި ޚިތާނު ކޭމްޕް ގައި ބައިވެރިވުމަކީ ސާޖަނުންނަށް ލިބޭ ވަރަށް ބޮޑު އުފަލެއް ކަމަށެވެ.

ގުޅުން ހުރި ލިޔުންތައް

guest
0 Comments
Oldest
Newest Most Voted