މަޖިލީހުގެ ރައީސަށް ލާމުން ރަތް ދޫލައިގެ މަރުޙަބާއެއް

ރައްޔިތުންގެ މަޖިލީހުގެ ރައީސް ޢަބްދުއްރަޙީމް ޢަބްދުﷲ ލާމު އަތޮޅަށް ވަޑައިގަތުމުން، އެ މަނިކުފާނުގެ ސަޕޯޓަރުން ކައްދޫ އެއަރޕޯޓުގައި ރަތް ދޫލައިގެ މަރުޙަބާއެއް ކިޔައިފިއެވެ.
ޢަބްދުއްރަޙީމް ޢަބްދުﷲ ލާމު އަތޮޅަށް ވަޑައިގަތީ އިއްޔެ ހަވީރުގައެވެ.
މަޢުލޫމާތު ލިބޭ ގޮތުގައި މި ދަތުރުފުޅަކީ، މަޖިލީހުގެ ރައީސްކަމަށް އިންތިޚާބުވެވަޑައިގަތުމާއި ގުޅިގެން، އާާއިލާ އަދި ލާމު އަތޮޅުގެ ރައްޔިތުންނާއި އެކު އުފާފާޅު ކުރެއްުވުމަށް ކުރެއްވި ދަތުރުފުޅެކެވެ.
މި އުފާފާޅު ކުރުމުގައި ރޭގައި، ޢަބްދުއްރަޙީމްގެ އުފަން ރަށް ކަމުގައިވާ ލ.ފޮނަދޫގައި ވަނީ ހަވާ އަރުވާފައެވެ. އަދި ބޮޑުބެރާއި ލަނގިރީގެ ޙަރަކާތްތަކާއެކު ބޮޑު ކޭމެއް ވެސް ވަނީ ބާއްވާފައެވެ.
މި ލަނގިރި ޙަރަކާތުގައި ޢަބްދުއްރަޙީމް ބައިވެރިވެވަޑައިގަންނަވާ ވީޑިއޯއެއް މީސްމީޑިއާޔާގައި މިއަދު ދަނީ ދައުރު ވަމުންނެވެ.
މަޖިލީހުގެ ރައީސްކަމަށް އިންތިޚާބުވެވަޑައިގަތް ފަހުން، ޢަބްދުއްރަހީމް ލާމު އަތޮޅަށް ކުރެއްވި މިއީ ފުރަތަމަ ދަތުރުފުޅެވެ.

ގުޅުން ހުރި ލިޔުންތައް

guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments