މާބައިދޫ އައިސްޕްލާންޓްގެ މަސައްކަތް ނިންމައިދޭނެ ފަރާތެއް ހޯދަނީ

Maabaidhoo iceplant ge masahkaiy ninmaidheyne faraatheh hoadhanee

ލ.މާބައިދޫ އައިސްޕްލާންޓްގެ މަސައްކަތް ނިންމައިދޭނެ ފަރާތެއް ހޯދަން މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އޯޝަން ރިސޯސަސް އިން އިއުލާންކޮށްފިއެވެ.

އެ މިނިސްޓްރީއިން ކުރި އިއުލާނެއްގައި ބުނީ ލ.މާބައިދޫގައި ޤާއިމްކުރަމުންދާ 25 ޓަނުގެ އައިސްޕްލާންޓްގެ ނުނިމިހުރި މަސައްކަތްތައް ނިންމާލުމަށް ކޮންޓްރެކްޓަރެއް ހޯދުމަށް ބޭނުންވާ ކަމަށެވެ. މި އައިސްޕްލާންޓްގެ މަސައްކަތް ކުރުމަށް ޝައުގުވެރިވާ ފަރާތްތަކަށް މަޢުލޫމާތު ސާފުކުރުމުގެ ފުރުސަތު މިހާރު ހުޅުވާލާފައިވާއިރު، މި އައިސްޕްލާންޓްގައި 50 ޓަނުގެ ސްޓޯރޭޖް ޖާގައެއް ހިމެނެއެވެ.

މި މަސައްކަތަށް ޝައުގުވެރިވާ ފަރާތްތަކާއެކު ބާއްވާ މައުލޫމާތު ސާފުކުރުމުގެ ބައްދަލުވުން އޮންނާނީ 17 އޮގަސްޓް 2025 ވާ އާދިއްތަ ދުވަހުގެ ހެނދުނު 10:00 ގައި ވެލާނާގެ 7 ވަނަ ފަންގިފިލާގައި ހުންނަ މިނިސްޓްރީގެ އޮފީހުގައެވެ. ބައްދަލުވުމަށް ވަޑައިނުގެންނެވޭ ފަރާތްތަކަށް 3322625 ނަންބަރު ފޯނާ ގުޅައިގެން މަޢުލޫމާތު ސާފުކުރެވޭނެއެވެ.

މާބައިދޫގެ އައިސްޕްލާންޓްގެ މަސައްކަތަކީ ނިމިދިޔަ ސަރުކާރުން ފެށި މަޝްރޫއެކެވެ.

ގުޅުން ހުރި ލިޔުންތައް

guest
0 Comments
Oldest
Newest Most Voted