ވިއްސާރަ ވުމުގެ ސަބަބުން މިރޭގެ މެޗުތައް ފަސްކޮށްފި

މިހާރު ކުރިޔަށްދާ ގަމު ކައުންސިލް އެމް.އެން.ޔޫ.އެސް.ޔޫ އަހުރަ ހޭންޑްބޯޅަ މުބާރާތް 2024 ގައި މިރޭ ކުޅުމަށް ހަމަޖެހިފައިވާ މެޗުތައް، ވިއްސާރަވުމުގެ ސަބަބުން މާދަމާ އަށް ފަސްކޮށްފި އެވެ.

މެޗުތައް ފަސްކުރަން ނިންމާފައިވަނީ މިރޭ 20:30 އިން 01:30 އަށް، ލ. އަތޮޅު ހިމެނޭހެން، ރާއްޖޭގެ ބޮޑު ބަޔަކަށް ހުދު ސަމާލު ނެރެފައިވުމުންނެވެ. އަދި މިރޭ ބޯކޮށް ވާރޭވެހުމާއެކު ގުގުރާނެ ކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާއިން ވަނީ ލަފާކޮށްފަ އެވެ.

މުބާރާތުގެ ތާވަލުގައިވާ ގޮތުން، މިރޭގެ ފުރަތަމަ މެޗުގައި ބައްދަލުކުރުމަށް ހަމަޖެހިފައިވަނީ އައުޓްރީފް ސްޕޯޓްސް ކްލަބާއި ގޯޅި ސްޕޯޓްސް ކްލަބެވެ. އަދި ދެވަނަ މެޗުގައި ވައްޓަފާޅި ސްޕޯޓްސް ކްލަބާއި ގަމު ރީޖަނަލް ހޮސްޕިޓަލް ބައްދަލުކުރާއިރު، ފަހު މެޗުގައި ކުޅުމަށް ހަމަޖެހިފައިވަނީ ކައްދޫ އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑާއި ގޯޅިއަންސް އެވެ.

މިރޭ ކުޅުމަށް ތާވަލުކުރެވުނު މެޗުތައް ކުޅުމަށް ހަމަޖެހިފައިވަނީ މާދަމާ އެވެ. އަދި މިއާއެކު މުބާރާތުގެ ޝެޑިއުލް އަށް ބަދަލެއް އަންނާނެ ކަމަށް އެމް.އެން.ޔޫ.އެސް.ޔޫ އިން ވަނީ މައުލޫމާތު ދީފައެވެ.

ގުޅުން ހުރި ލިޔުންތައް

guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments