މާވަށަށް މަސްތުވާ ތަކެތި އެތެރެކުރަން އުޅުނު ޒުވާނަކު ހައްޔަރުކޮށްފި

Maavashah masthuvaa thakethi etherekuran ulhunu zuvaanaku hayyarukoffi

ފުލުހުންނަށް ލިބުނު މައުލޫމާތަކާ ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި، ލ. މާވަށަށް މަސްތުވާތަކެތި އެތެރެކުރަން އުޅުނު ޒުވާނަކު ވަނީ ހައްޔަރުކޮށްފައެވެ. މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައި ވަނީ ލ.މާވަށް / ލިލީނައިޓް ، މުޙައްމަދު ވިޝާހު ޢަލީ (24އ) އެވެ.

ފުލުހުންގެ ހިދުމަތުން ވިދާޅުވީ، ލ. ފޮނަދޫ އިން މާވަށަށް ދާ ލޯންޗަކުން މަސްތުވާތަކެތި އެތެރެކުރަން އުޅޭކަމަށް ލިބުނު މަޢުލޫމާތަކާ ގުޅިގެން، މާވަށުގައި މަސައްކަތްކުރާ ފުލުހުން މި މަހުގެ 24 ވަނަ ދުވަހު އޮޕަރޭޝަނެއް ހިންގި ކަމަށެވެ.

މި އޮޕަރޭޝަންގައި ލޯންޗުގައި އެވަގުތު އިން މުޙައްމަދު ވިޝާހު ޢަލީ ހުއްޓުވައި ބަލައިފާސްކުރިއިރު، މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި 8 ސެލޯފިންކޮޅު ވަނީ ފެނިފައެވެ.

މައްސަލައާ ގުޅިގެން އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން، 10 ދުވަހަށް ބަންދުގައި ބެހެއްޓުމަށް ވަނީ އަމުރުކޮށްފައެވެ.

މާވަށު ޕޮލިހުން މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުން އެބަދެއެވެ.

ގުޅުން ހުރި ލިޔުންތައް

guest
0 Comments
Oldest
Newest Most Voted