ހިތަދޫ ކައުންސިލް ފުޓުބޯޅަ މުބާރާތް: ހާނިމްގެ ހެޓްރިކާއެކު ބީޖީން ހައިޑްރާ ބަލިކޮށްފި

މިހާރު ކުރިޔަށްދާ ހައްދުންމަތީ ހިތަދޫ ކައުންސިލް ފުޓުބޯޅަ މުބާރާތުގައި، މޫސާ ހާނިމްގެ ހެޓްރިކާއެކު، ބީޖީ ސްޕޯޓްސް އިން ހިތަދޫ ޔޫތު ޑިވެލޮޕްމަންޓް އެންޑް ރެކްރިއޭޝަނަލް އެސޯސިއޭޝަން (ހައިޑްރާ) ބަލިކޮށްފި އެވެ.

މުބާރާތުގެ ފުރަތަމަ މެޗުގައި ބައްދަލުކޮށްފައިވަނީ ފެކްޝަން ޗެލެންޖާއި ފެކްޝަން ސްޕޯޓްސް ކްލަބެވެ. މި މެޗުން 12-1 ގެ ނަތީޖާއަކުން މޮޅުވީ ފެކްޝަން އެސްސީ އެވެ.

މިއަދު ހަވީރު ބީޖީން ހައިޑްރާ ބަލިކުރީ 4-0 ގެ ނަތީޖާއަކުންނެވެ. މެޗުގެ 17 ވަނަ މިނެޓުގައި ހާނިމް ވަނީ ލަނޑެއް ޖަހައި، ބީޖީ އަށް ކުރިހޯދަދީފަ އެވެ. އަދި އޭގެ ނުވަ މިނެޓު ފަހުން އެނާ ވަނީ އިތުރު ލަނޑެއް ޖަހައި، ބީޖީ އަށް ލީޑު ފުޅާކޮށްދީފަ އެވެ. އެ ޓީމުގެ ތިންވަނަ ލަނޑަކީ، ހައިޑްރާ ކުޅުންތެރިއެއް އަތުން ބައިކޮޅަށް ވަން ލަނޑެކެވެ. މިއާއެކު ބީޖީން ވަނީ ފުރަތަމަ ހާފުގައި ތިން ލަނޑުގެ ލީޑެއް ނަގާފަ އެވެ.

ދެވަނަ ހާފު ފެށިގެން ހަވަނަ މިނެޓުގައި ހާނިމް ވަނީ ލަނޑެއް ޖަހައި، ހެޓްރިކް ފުރިހަމަ ކޮށްފަ އެވެ. މިއާއެކު، މެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވުނީވެސް ހާނިމް އެވެ.

މުބާރާތުގެ ތިންވަނަ މެޗުގައި މާދަމާ ހަވީރު ފެކްޝަން އެސްސީ ނިކުންނާނީ އެންމެ ފަހުގެ ޗެމްޕިއަން، ގްރޭޓް ޖެނެރޭޝަން ސްޕޯޓްސް ކްލަބް (ޖީޖީއެސްސީ) އާ ދެކޮޅަށެވެ.

ގުޅުން ހުރި ލިޔުންތައް

guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments