ލާމު ލިންކްރޯޑުގައި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައި ދެމީހެއް ފައިބިންދައިގެން ހިނގައްޖެ

Laamu linkroadgai nurahkaatheri accident eh hingai dhemeehakah aniyaavehje

ލާމު ލިންކްރޯޑުގައި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައި ދެމީހަކަށް ސީރިއަސް އަނިޔާތަކެއް ވެއްޖެއެވެ.

މި އެކްސިޑެންޓް ހިނގާފައިވަނީ މިރޭ 7 ޖަހާކަންހާއިރުގައެވެ. ލާމުއެމްވީއަށް މައުލޫމާތު ދިން ފަރާތަކުން ބުނީ ސައިކަލެއްގައި ދިޔަ ދެމީހުން މަޑުކޮށްލީ މަޑިދަށުން އެެއްޗެއް ނަގަންކަމަށާއި އެވަގުތު ފަހަތުން އައި ކާރެއް އެދެމީހުން ގައި ޖެހުނު ކަމަށެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ސައިކަލް ދުއްވަން އިން ފިރިހެން މީހާގެ ކަނާތު ފައި ބިނދި ބޯ ފަޅައިގެން ގޮސް އޭގެ އިތުރުން ވެސް ޒަހަމުތައް ލިބިފައިވެއެވެ. ސައިކަލު ފަހަތުގައި އިން މިހާގެ ވެސް ވަނީ ބޯފަޅައިގެން ގޮސް ފައިބިނދި، އިތުރު އަނިޔާތައް ވެފައެވެ.

ނަމަވެސް، މި އެކްސިޑެންޓްގައި ކާރު ދުއްވި ފިރިހެން މީހާއަށް އަނިޔާވި ކަމުގެ މައުލޫމާތެއް ލިބިފައެވެ ނުވެއެވެ. މި އެކްސިޑެންޓްގައި އަނިޔާވި ދެމީހުންގެ ތެރެއިން އެކަކުގެ ހާލު ސީރިއަސްވެ މާލެ ގެންދިއުމަށް ވަނީ ނިންމާފައެވެ. ހާލު ސީރިއަސްވެ މާލެ ގެންދަން އުޅެނީ ހަމަދު ސްކޫލްގެ ލީޑިން ޓީޗަރެއް ކަން ފާހަގަކޮށްލެވެއެވެ.

ގުޅުން ހުރި ލިޔުންތައް

guest
0 Comments
Oldest
Newest Most Voted