ފޮނަދޫ ޕޮލިސް ސްޓޭޝަންގައި ހުރި ގިނަ އަދަދެއްގެ ބަނގުރާ ނައްތަަލައިފި

Fonadhoo police station gai huri gina adhadhehge banguraa nahthaalaifi

އެކި މައްސަލަތަކުގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ތަކެތީގެ ތެރެއިން ލ. ފޮނަދޫ ޕޮލިސް ސްޓޭޝަންގެ ބެލުމުގެދަށުގައި ހުރި ބަނގުރާ ނައްތާލައިފިއެވެ.

ފުލުހުން ބުނީ،ބަނގުރާ ނައްތާލާފައިވަނީ ފުލުހުންގެ ބެލުމުގެދަށަށް ގެނެވޭ ބަނގުރަލާއި ބަނގުރަލުގެ މައްސަލަތަކާ ގުޅިގެން ހިފެހެއްޓޭ ތަކެތި ނައްތާލުމުގައި އަމަލުކުރާނެ ގޮތުގެ ގަވާއިދުގެ ދަށުން އެކަމަށްޓަކައި އެކުލަވައިލި ކޮމިޓީގެ ބެލުމުގެ ދަށުން ކަމަށެވެ.

އެގޮތުން ނައްތާލާފައިވަނީ، 11 ފުޅި ބަނގުރަލާއި 69 ދަޅު ބަނގުރާ ކަމަށް ފުލުހުން ވަނީ މައުލޫމާތުދީފައެވެ.

ފުލުހުން ބުނީ މި ތަކެއްޗަކީ މިއަހަރުގެ ޖެނުއަރީ މަހުގެ 26 ވަނަ ދުވަހުން ފެށިގެން މިދިޔަ މަހުގެ 13 ވަނަ ދުވަހާއި ހަމައަށް، ކައްދޫ އެއާޕޯޓަށް ފުރަންދިޔަ ފަތުރުވެރިންގެ އަތުން، އެއާޕޯޓުގެ އޭވިއޭޝަން ސެކިއުރިޓީން ހިފަހައްޓައި ފުލުހުންނާ ހަވާލުކޮށްފައިވާ ތަކެތި ކަމަށެވެ.

ގުޅުން ހުރި ލިޔުންތައް

guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments