ލާމަސީލުލާމު އަތޮޅު ވޮލީބޯޅަ މުބާރާތް: އައިވައިޔޫ ކަޓުވާލައި، އެފްއެސްޑަބްލިޔު ފައިނަލަށް

ލާމަސީލުލާމު އަތޮޅު ވޮލީބޯޅަ މުބާރާތުގެ ދެވަނަ ސެމީ ފައިނަލުގައި، އައިލެންޑް ޔޫތު ޔުނައިޓެޑް (އައިވައިޔޫ) ބަލިކުރުމަށްފަހު، އެފްއެސްޑަބްލިޔު ސްޕޯޓްސް ކްލަބް ފައިނަލަށް ދަތުރުކޮށްފި އެވެ.

އިއްޔެ ހަވީރު ކުޅުނު ސެމީ ފައިނަލްގެ ފުރަތަމަ މެޗުގައި ސީދާ ތިން ސެޓުން ކުނަހަންދޫ އައިލެންޑް ނޮމިނޭޝަން ގުރޫޕް (ކިންގް) ބަލިކޮށް، ޓީކޭ ސްޕޯޓްސް ކްލަބް ވަނީ ފައިނަލަށް ދަތުރުކޮށްފަ އެވެ.

ރޭ ކުޅުމަށް ތާވަލު ކުރި މެޗު، މޫސުން ތަންނުދިނުމުގެ ސަބަބުން ފަސްކުރުމަށްފަހު، ކުޅެފައިވަނީ މިއަދު ހަވީރު އެވެ. އެފްއެސްޑަބްލިޔު އިން އައިވައިޔޫ ބަލިކުރީ ސީދާ ތިން ސެޓުންނެވެ.

މިއަދުގެ މެޗުގެ ތިން ސްޓުގައިވެސް އައިވައިޔޫގެ ފެށުން ގޯހެވެ. އެގޮތުން، ފަސޭހަ ޕޮއިންޓުތަކެއް ގެއްލުމާއެކު، އެފްއެސްޑަބްލިޔު އިންވަނީ ތިން ސެޓުގެވެސް ކުރީކޮޅު ބޮޑު ލީޑެއް ނަގާފަ އެވެ. އެފްއެސްޑަބްލިޔު އިން ފުރަތަމަ ސެޓު ކާމިޔާބުކުރީ 25-16 އިންނެވެ.

ފުރަތަމަ ސެޓަކޭ އެއްގޮތަށް ދެވަނަ ސެތުގައިވެސް އައިވައިޔޫ ކުޅުންތެރިންނަށް ވަނީ ގިނަ ގޯސްތަކެއް ހެދިފަ އެވެ. އެފްއެސްޑަބްލިޔު އިން ދެވަނަ ސެޓު ކާމިޔާބުކުރީ 25-19 އިންނެވެ.

އެފްއެސްޑަބްލިޔު އިން ދެވަނަ ސެޓު ކާމިޔާބު ކުރުމާއެކު މެޗުގެ އޮއެވަރަށް ވަނީ ބޮޑު ބަދަލެއް އައިސްފަ އެވެ. އެގޮތުން، ތިންވަނަ ސެތުގައި އެ ޓީމުން ވަނީ ތަފާތު ދައްކާފަ އެވެ. އެފްއެސްޑަބްލިޔު އިން އެ ސެޓު ކާމިޔާބުކުރީ 25-6 ގެ ތަފާތު ބޮޑު ނަތީޖާއަކުންނެވެ. މި މެޗުގެވެސް މޮޅު ކުޅުންތެރިޔަކަށް ހޮވިފައިވަނީ އާއިޝަތު މާޖިދާ އެވެ.

އެފްއެސްޑަބްލިޔު އާއި ޓީކޭ ބައްދަލުކުރާ ފައިނަލް މެޗު ކުޅުމަށް ހަމަޖެހިފައިވަނީ މާދަމާ ހަވީރު އެވެ.

ގުޅުން ހުރި ލިޔުންތައް

guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments