ހިތަދޫ ކައުންސިލް ފުޓުބޯޅަ މުބާރާތް: ޖީޖީއެސްސީ އާއި ފެކްޝަން ބައްދަލުކުރާ ފައިނަލް މެޗު މާދަމާ

ގްރޭޓް ޖެނެރޭޝަން ސްޕޯޓްސް ކްލަބް (ޖީޖީއެސްސީ) އާއި ފެކްޝަން ސްޕޯޓްސް ކްލަބް ބައްދަލުކުރާ، ހައްދުންމަތީ ހިތަދޫ ކައުންސިލް ފުޓުބޯޅަ މުބާރާތުގެ ފައިނަލް މެޗު މާދަމާ ކުޅުމަށް ތާވަލުކޮށްފި އެވެ.

މުބާރާތުގެ ތާވަލުގައިވާ ގޮތުން، މީގެކުރިން ފައިނަލް މެޗު ކުޅުމަށް ނިންމާފައިވަނީ ބުދަ ދުވަހު އެވެ. ނަމަވެސް، ރާއްޖެއަށް ކުރަމުންދާ ވިއްސާރައާ ގުޅިގެން، ހިތަދޫ ކައުންސިލުން ވަނީ ފައިނަލް މެޗު ފަސްކުރަން ނިންމާފަ އެވެ.

ހިތަދޫ ކައުންސިލުން މިއަދު ސޯޝަލް މީޑިއާގައި ކުރި ޕޯސްޓެއްގައި ބުނެފައިވަނީ، މޫސުން ތަންނުދިނުމުގެ ސަބަބުން ފަސްކުރެވިފައިވާ ހައްދުންމަތީ ހިތަދޫ ކައުންސިލްގެ 5 ވަނަ ފުޓުބޯޅަ މުބާރާތުގެ ފައިނަލް މެޗު، 11 އޮކްޓޯބަރު 2024 ވާ ހުކުރު ދުވަހުގެ 15:30 ގައި ފެށުމަށް ތާވަލުކުރެވިފައިވާ ކަމަށެވެ.

ފަސް ޓީމަކުން ބައިވެރިވި މި މުބާރާތުގެ ފައިނަލަށް، އެންމެ ފަހުގެ ޗެމްޕިއަން ޖީޖީއެސްސީ ދަތުރުކުރީ ކުޅުނު ހުރިހައި މެޗަކުން މޮޅުވެ، ފުރިހަމަ ރެކޯޑަކާއެކު އެވެ. ގުރޫޕް ސްޓޭޖުގައި ފެކްޝަން އާއި ޖީޖީއެސްސީ ބައްދަލުކުރި މެޗުން، 3-1 ގެ ނަތީޖާއަކުން މޮޅުވީ ޖީޖީއެސްސީ އެވެ.

ގުޅުން ހުރި ލިޔުންތައް

guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments