އިސްތަށިގަނޑުގައި ކަޅު ކުލަ ޖެއްސުމަކީ އިސްލާމް ދީނުގައި ހުއްދަ ކަމެއް: ފަތުވާ ދޭ މަޖިލިސް

Isthashigandugai kalhu kula jehsumakee islaam dheenuga huhdha kameh: fathuvaa dhey majilis

އިސްތަށިގަނޑުގައި ކަޅު ކުލަ ޖެއްސުމަކީ ހުއްދަ ކަމެއް ކަމަށް އިސްލާމީ ފަތުވާ ދޭ އެެންމެ މަތީ މަޖިލީހުން ވިދާޅުވެއްޖެއެވެ.

ފަތުވާ ދޭ މަޖިލީހުން އާންމުކުރި ފަތުވާގައި ބުނީ އިސްތަށިގަނޑުގައި ކަޅު ކުލަ ޖެއްސުމުގެ މައްސަލައިގައި އެ މަޖިލީހަށް ދެ ރައުޔެެއް ފާހަގަކުރެވޭ ކަމަށާއި، އެއީ ހަރާމްކަމެއް ކަމަށް ގަބޫލުކުރާ ރައުޔާއި ހަރާމްކަމެއް ކަމަށް ގަބޫލުނުކުރާ ރައުޔު ކަމަށެވެ.
މީގެއިތުރުން، އެ ފަތުވާގައި ބުނީ މި ދެ ރައުޔު ވެސް ބިނާވެފައިވަނީ ދަލީލުތަކުގެ މައްޗަށް ކަމަށާއި މި މައްސަލަ ދިރާސާ ކުރައްވައި އިލްމުވެރިން ނެރުއްވާފައިވާ ހުކުމްތައް ގުޅިފައިވަނީ އެބޭކަލުންގެ އިޖުތިހާދުގެ މައްޗަށް ކަމަށެވެ.

އެހެންކަމުން، މިއީ އިޖުތިހާދީ މައްސަލައަކަށްވާތީ، ދެރައުޔަކީ ވެސް އިލްމުވެރިން ގަބޫލުކުރައްވާފައިވާ ދެރައުޔު ކަމަށާއި ނަމަވެސް ހުއްދަ ކަމަށް ވިދާޅުވާ އިލްމުވެރިންގެ ދަލީލުތައް ބާރުގަދަ ކަމަށް ފާހަގަ ކުރެވޭ ކަމަށް އެ ފަތުވާގައި ވަނީ ބުނެފައެވެ.

ގުޅުން ހުރި ލިޔުންތައް

guest
0 Comments
Oldest
Newest Most Voted