ލ.އަތޮޅުގައި ޕާސްޕޯޓު ހައްދައިދިނުމުގެ ޚިދުމަތް ފަށަނީ

އަންނަ ހަފްތާއިން ފެށިގެން ޕާސްޕޯޓު ހައްދައިދިނުމުގެ ޚިދުމަތް ލ.އަތޮޅުގައި ފެށުމަށް އިމިގްރޭޝަން އޮފީހުން ތައްޔާރުވެއްޖެއެވެ.

އެގޮތުން ލ.ފޮނަދޫ ކައުންސިލްގެ އިދާރާ ހުންނަ ޢިމާރާތުގައި މޯލްޑިވްސް އިމިގްރޭޝަންގެ އޮފީސް މިހާރު ވަނީ ޤާއިމުކޮށްފައެވެ.

މި އޮފީހަށް އިތުރަން ބޭނުންވާ މުވައްޒަފުން ހޯދުމަށް މި މަހުގެ 15ވަނަ ދުވަހު ވަނީ އިޢުލާނު ވެސް ކޮށްފައެވެ.

މި އޮފީސް ޤާއިމު ކުރުމުން، ޕާސްޕޯޓު ހެއްދުމަށް އިތުރު ލުޔެއް ލ.އަތޮޅުގެ ރައްޔިތުންނަށް ލިބިގެންދާނެއެވެ.

ގުޅުން ހުރި ލިޔުންތައް

guest
0 Comments
Oldest
Newest Most Voted