ގޯލްޑެން ފުޓްސަލް ޗެލެންޖް: އިސްދޫ ޓީމްގެ ސްކޮޑް އެކުލަވާލައިފި

އިސްދޫ ޔޫތް ޑިވަލޮޕްމަންޓް(އައި.ވައި.ޑީ) އިން ގޯލްޑަން ފުޓްސަލް ޗެލެންޖުގައި އިސްދޫ ތަމްސީލް ކުރާނެ ފައިނަލް ސްކޮޑް އެކުލަވާލައިފިއެވެ.
މި މުބާރާތުގައި އެ ޓީމުން ވާދަކުރާނެ ސްކޮޑްގައި ހިމެނޭ ކުޅުންތެރިންގެ ނަންތައް މިހާރުވަނީ އައި.ވައި.ޑީގެ ފޭސްބުކް ޕޭޖްގައި ޢާންމު ކޮށްފައެވެ. އެގޮތުން، މި ސްކޮޑްގައި މިވަގުތު އިސްދޫގައި އެންމެ ކުރިއަރަމުން އަންނަ ކުޅުންތެރިންނަށް ފުރުސަތު ދީފައިވާކަން ފާހަގަކޮށްލެވެއެވެ.
މި އަހަރުގެ މުބާރާތުގައި ވެސް އިސްދޫގެ ތަޖުރިބާކާރު ގިނަކުޅުތެރިންތަކެއް ހިމަނާފައިވެއެވެ. އެގޮތުން މިދިޔަ އަހަރުގެ ގޯލްޑަންގައި ލާމް ޒޯން ”ކިންގް“ ގެ މާޤާމް ހޯދާފައިވާ މޮޅު ކުޅުންތެރިޔާ ހުމޭޒް ފެނިގެން ދާނެއެވެ. މީގެ އިތުރުން ސްކޮޑްގައި ހިމަނާފައިވާ ކުޅުން ތެރިންގެ ތެރޭގައި އަފްސަލް، އަފްހާން، ހުސައިން، ހޫދް، މީސާގް، ސިރުފާން، އަސްލަމް، އައްސަމް، އަފްސަމް، ލޫތު ހިމެނެއެވެ. އެޓީމްގެ ގޯލް ބަލަހައްޓާނީ ތަޖުރިބާ ހުރި ތިން ކީޕަރުން ކަމުގައިވާ ޝާތިރު،ހަސަން، އަދި ވިސާމް އެވެ.
ޓީމުގެ މެނޭޖްމަންޓްގައި ހިމެނެނީ ނިމިދިޔަ އަހަރު ގޯލްޑަންގައިވެސް އިސްދޫ ޓީމްގެ ތަޖުރިބާކާރު ކޯޗް ހަމީދު(ޑަކޭ) އެވެ. އެސިސްޓެން ކޯޗް އަކަށް ނަޢީމް(ނައިމޭ) ހަމަޖައްސާފައިވާއިރު ޓީމްގެ މެނޭޖަރެއްގެ ގޮތުގައި ފެނިގެންދާނީ އައި.ވައި.ޑީގެ ރައީސް ހަނީފް(ހަންޓޭ) އެވެ. އަދި އޮފިޝަލުންގެ ގޮތުގައި ސުޖާއު އާއި ފަޔާޒު ހިމެނާފައިވެއެވެ.
މިއަހަރުގެ މުބާރާތުގައި އިސްދޫ ޓީމް ލީޑް ކުރާ ތަޖުރިބާކާރު އެއްކުޅުންތެރިޔާ އަހުޝަން(އަކިން) އަށް އަނިޔާގެ ސަބަބުން ނުކުޅެވޭކަން ފާހަގަކޮށްލެވެއެވެ. ހަމަ ޔަގީނުންވެސް މީ އިސްދޫ ޓީމަށް ލިބިގެންދާނެ ގޮންޖެހުމަކަށްވާނެ ކަމަށް ޤަބޫލުކުރެވެއެވެ.
ޓީމުގެ މެނޭޖްމަންޓުން މައުލުމާތު ދިން ގޮތުގައި، މި މުބާރަތަށް ކުޅުންތެރިން ވަނީ ވަރަށް ރަނގަޅަށް ތައްޔާރުވެފައެވެ. އަދި މި މުބާރާތުން ކާމިޔާބީ ހޯދުމަށް ހުރިހާ ކުޅުންތެރިން ވަރަށް ބޮޑަށް މަސައްކަތް ކުރާނެކަން ފާހަގަކުރިއެވެ. އަދި މި މުބާރާތަށް ތައްޔާރުވުމުގެ ގޮތުން އައި.ވައިޑީ އިން ވަނީ މުޅި ޓީމް އަށް ގިނަ އެކްސަސައިޒްތަކެއް ހަދާ ވަރަށް ފުރިހަމައަށް ޓީމް އެކުލަވާލާފައެވެ. ތަޖުރިބާ ހުރި ގިނަ ޒުވާނުން ހިމެނޭ މި ޓީމްވަނީ ގޯލްޑަން ފުޓްސަލް ޗެލެންޖް 2024 ގައިވެސްފަހަގަކޮށްލެވޭ ފަދަ މޮޅުކުޅުމެއް ދައްކާފައެވެ.
އިސްދޫ ޓީމުން ކުޅޭ ފުރަތަމަ މެޗުގައި މާދަމާރޭ ނިކުންނަނީ ކަލައިދޫ އާ ދެކޮޅަށެވެ.