އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ ބައި-އިލެކްޝަންގެ ކެމްޕެއިނު ވަގުތު ހަމަވެއްޖެ

އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ ބައި-އިލެކްޝަންގެ ކެމްޕެއިނުގެ ވަގުތު މިއަދުގެ 18:00 ގެ ނިޔަލަށް ހަމަވެއްޖެއެވެ.
އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ ބައި-އިލެކްޝަން މާދަމާ ބޭއްވުމަށް ހަމަޖެހިފައިވާއިރު، ވޯޓުފޮށިތައް ބަހައްޓާނެ ތަނާއި ވޯޓުލާ ސަރަހައްދުގެ ތަފްސީލް ވަނީ ގެޒެޓްގައި ޝާއިއުކޮށްފައެވެ.
މާދަމާ ބޭއްވުމަށް ހަމަޖެހިފައިވާ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ ބައި-އިލެކްޝަންގައި ލ. ގަމު އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ މެންބަރުކަމަށް ވާދަކުރާ ކެންޑިޑޭޓުންގެ ނަންތައް ތަރުތީބު ކުރުމަށްފަހު ގެޒެޓްގައިވަނީ އިއުލާނުކޮށްފައެވެ. އެގޮތުން ލ.ގަމު އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީގެ މެންބަރުކަމަށް ދެ ކެނޑިޑޭޓުން ވަނީ ވާދަކޮށްފައެވެ.
މި އިންތިޚާބުގައި ވާދަކުރާ ދެ ކެންޑިޑޭޓުންނަކީ:
ކެންޑިޑޭޓު ނަންބަރު 1 – ޢާއިޝަތު ޢަލީ، ތުނޑި. ސަންރޭ / ލ. ގަން، ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ
ކެންޑިޑޭޓު ނަންބަރު 2 – އާމިނަތު އަފްރާޙް، ތުނޑި. ހުދުފަސް / ލ. ގަން، ޕީޕަލްސް ނޭޝަނަލް ކޮންގްރެސް
އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ ބައި-އިލެކްޝަންގެ ލ. ގަމުގެ 1 ނަމްބަރު ވޯޓުފޮށި ހުންނާނީ ޒުވާނުންގެ މަރުކަޒުގައެވެ. އަދި މި ފޮއްޓަށް ވޯޓުލާނީ ތުނޑީ އަވަށުގައި ވޯޓުލުމަށް ޝަތުރު ހަމަވާ ފަރާތްތަކެވެ. 2 ނަމްބަރު ވޯޓި ފޮށި ހުންނާނީ އެމްއެންޔޫ ގަމު ކެމްޕަހުގައެވެ. އެ ފޮއްޓަށް ވޯޓުލާނީ މަތިމަރަދޫ އަވަށުގެ ވޯޓުލުމުގެ ހައްގު ލިބިފައިވާ ފަރާތްތަކެވެ.
3 ނަމްބަރު ވޯޓުފޮށި މުކުރިމަގު ޕްރީސުކޫލްގައި ބެހެއްޓުމަށް ހަމަޖެހިފައިވާއިރު، އެ ފޮއްޓަށް ވޯޓުލާނީ އެވަށުގެ ވޯޓުލުމަށް ޝަރުތު ހަމަވެފައިވާ ފަރާތްތަކުންނެވެ.
އާބާދު ސަރަހައްދުގައި ވޯޓު ލުމަށް ޝަރުތު ހަމަވެފައިވާ ފަރާތްތައް ވޯޓުލާނީ ކައުންސިލް އިދާރާގެ ގްރައުންޑްގައި ހުންނަ ފޮއްޓަށެވެ.
މާލޭގައި ބެހެއްޓުމަށް ހަމަޖެހިފައިވާ ވޯޓު ފޮށި ހުންނާނީ މާފަންނު މަދަރުސާގައެވެ. މާދާމާ ބާއްވާ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ބައި-އިލެކްޝަންގެ ވޯޓުލުން ކުރިއަށް ދާނީ ހެނދުނު 08:00 އަކުން ހަވީރު 16:00 އަށެވެ.