ފޯރިގަދަ އީދަކަށް ގަން ތައްޔާރުވެއްޖެ! އީދު ވެދުމާއި ދިއުން މިރޭ!

Foari gadha Eid akah Gan thahyaaru vehje! Eid vedhumaai dhiyun mirey!

ބޮޑު އީދުގެ ހަރަކާތްތައް ފެށުމުގެ ގޮތުން ޢިދު ވެދުމާއި ދިއުން މިރޭ ބޭއްވުމަށް ލ.ގަމުން ތައްޔާރުވެއްޖެއެވެ.

ގަމު ކައުންސިލުން ބުނީ ބޮޑު އީދުގެ ހަރަކާތްތައް ފެށުމުގެ ގޮތުން ވީހާވެސް ގިނަ ރައްޔިތުން ބައިވެރިވުމަށެވެ. އީދު ވެދުމާއި ދިއުން އޮންނާނީ އާބާދު ސަރަހައްދު ހުންނަ ޔޫތު ސެންޓަރުގައި މިރޭ 20:30 ގައެވެ. މި ހަރަކާތުގައި ގަމުގެ ހުރިހާ އަވަށެއްގެ ކުދިބޮޑު އެންމެން ސަގާފީ ހެދުމުގައި ބައިވެރިވުމަށް ކައުންސިލުން ވަނީ އެދިފައެވެ.

ގައުމީ ފެންވަރުގައި ލ.ގަމުގައި އީދު ފާހަގަކުރާއިރު، ގަމުގެ ހުރިހާ އަަވަށަކުންވެސް ވަނީ ފޯރިގަދަ ހަރަކާތްތަކާއެކު އީދު ފާހަގަކުރުމަށް ނިންމާފައެވެ.

ގުޅުން ހުރި ލިޔުންތައް

guest
0 Comments
Oldest
Newest Most Voted