ރޯދަމަހު ފިހާރަތައް ހުޅުވާނީ ދަންވަރު 1 ޖަހަންދެން!

އަންނަ ހޮނިހިރު ދުވަހުން ފެށިގެން ފިހާރަތަކާއި، ރެސްޓޯރެންޓުތަކުގެ ޚިދުމަތް ދެވޭނެ ގަޑިތަކަށް މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް އެންޑް ޓްރޭޑުން ބަދަލުގެނެސްފިއެވެ.

މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް އެންޑް ޓްރޭޑުން ނެރުނު އިއުލާނެއްގައި ބުނީ ފެބްރުއަރީ 15 އިން ފެށިގެން ރަމަޟާން މަހާއި ޝައްވާލް މަހުގެ ފުރަތަމަ 7 ދުވަހު ފިހާރަތަކާއި ކެފޭތަކުގެ ޚިދުމަތްދޭ ގަޑިތަކަށް ބަދަލު ގެނައުމަށް އެ މިނިސްޓްރީން ނިންމާފައިވާ ކަމަށެވެ.

އެގޮތުން، އެ މިނިސްޓްރީއިން ބުނީ ރަމަޟާން މަހުގެ ރޭތަކުގައި ކެއިން ބުއިމުގެ ޚިދުމަތްދޭ ތަންތަން ހުޅުވާފައި ބަހައްޓަންވާނީ ހަވީރު 5:30 އިން މެންދަމު 3:00 އާ ހަމައަށް ކަމަށެވެ. އަދި ޝައްވާލް މަހުގެ ފުރަތަމަ ހަފްތާގައި ކެއިން ބުއިމުގެ ޚިދުމަތްދޭ ތަންތަން ހުޅުވާފައި ބެހެއްޓުމަށް މިނިސްޓްރީއިން އަންގާފައިވަނީ ފަތިހު 04:30  އިން މެންދަމު 03:30 އާ ހަމައަށެވެ.

މިނިސްޓްރީން ނެރުނު އިއުލާނުގައި ބުނީ އަންނަ ހޮނިހިރު ދުވަހުން ފެށިގެން ރަމަޟާން މަހާއި ޝައްވާލް މަހުގެ ފުރަތަމަ ހަފްތާގައި، މުދާ ވިއްކާ ތަންތަން ހުޅުވާފައި ބެހެއްޓޭނީ ފަތިހު 05:30 އިން މެންދަމު 1:00 އާ ހަމައަށް ކަމަށެވެ.

މިނިސްޓްރީއިން ނެރުނު އިއުލާނުގައި ވަނީ 24 ގަޑިއިރު ޚިދުމަތްދިނުމުގެ ހުއްދަ ދޫކުރެވިފައިވާ ތަންތަން ހިމެނޭގޮތަށް، ރާއްޖޭގައި މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ހިންގާ ކެއިން ބުއިމުގެ ޚިދުމަތްދޭ ތަންތަނާއި މުދާ ވިއްކާ ތަންތަނުން، މިނިސްޓްރީގެ ގަވާއިދަށް އަމަލުކުރަން ޖެހޭނެ ކަމަށެވެ.

ގުޅުން ހުރި ލިޔުންތައް

guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments