ދާއިރާގައި ހުރި އެމްްޓީސީސީއާ ގުޅޭ ކަންކަމާމެދުު މެންބަރު ޔޫސުފް ނަޝީދު މަޝްވަރާކޮށްފި

Dhaairaagai huri MTCC aa gulhey kankamaa medhu Member Yoosuf Nasheedh mashvaraakohfi

ރައްޔިތުންގެ މަޖިލީހުގެ ގަމު ދާއިރާގެ މެންބަރު ޔޫސުފް ނަޝީދު (ޔޫތު) ގަމު ދާއިރާގައި ހުރި އެމްޓީސީސީއާ ގުޅޭ ކަންކަމުގައި މަޝްވަރާކުރުމަށް އެކުންފުނީގެ އިސްވެރިންނާ ބައްދަލުކުރައްވައިފިއެވެ.

މި ބައްދަލުވުމުގައި މެންބަރު ވަނީ ދާއިރާގައި ހުރި ގިނަ މަޝްރޫއުތަކާއި ގުޅޭގޮތުން އެމްޓީސީސީއާއެކު މަޝްވަރާކުރައްވާފައެވެ.

އެގޮތުން މަޝްވަރާކުރެވުނު ބައެއް ކަންކަން:

  •  ލ.ގަމު ތުނޑީއަވަށުގެ ބަނދަރު މަރާމާތުކުރުމުގެ މަސައްކަތް އަވަސްކުރުމާގުޅެގޮތުން
  •  ގަމުގެ ގިރާސަރަހައްދުތައް ހިމާޔަތްކުރުމަށް ސަރުކާރުން ހަވާލުކޮށްފައިވާ މަސައްކަތް އަވަސްކުރުން
  •  ބަނދަރުގެ މަރާމާތުގެ ތެރެއިން ބަނދަރުގެ ނެރުފައިކަށި އަލުން ޑިޒައިންކޮށް ބަދަލުގެނައުން
  •  ތުނޑީ ބަނދަރުގެ ބޭރުތޮށި ފުޅާކޮށް ބޭނުންހިފޭފަދަގޮތަކަށް ބަދަލުކުރުން
  •  އާރު.ޓީ.އެލްގެ ޚިދުމަތް އަވަސްކޮށް ލ.އަތޮޅަށް ފަށައިދިނުމަށް
  •  ބަސް ދަތުރުތައް ހަރުދަނާކޮށް ފްލީޓް އިތުރުކުރުމާއި ބަސްސްޓޮޕްތައް އިތުރުކުރުން
  •  އެމް.ޓީ.ސީގެ ތެރެއިން ގަމުދާއިރާގެ ކުރިއެރުމަށް ކުރެވެންހުރި އެހެނިހެން ކަންތައްތަކާއި އަދި ވަޒީފާގެ ފުރުސަތުތައް އިތުރުކުރުން

މި މަހުގެ ކުރީކޮޅު މެންބަރު ވަނީ ދާއިރާގެ ކަންކަމާ ގުޅޭގޮތުން ކުުުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވަޒީރު، އަބްދުﷲ ރާފިއުއާ ވެސް ބައްދަލުކުރައްވާފައެވެ.

ގުޅުން ހުރި ލިޔުންތައް

guest
0 Comments
Oldest
Newest Most Voted