ތުނޑިއާއި މުކުރިމަގުގައި ވޮލީ ކޯޓެއް އަޅަނީ

ލ.ގަމު ކައުންސިލުން ތުނޑީ އަވަށާއި މުކުރިމަގުގައި ތަރައްގީކުރާ އައުޓްޑޯ ވޮލީކޯޓު އެޅުމުގެ މަސަތްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް އިއުލާނުކޮށްފިއެވެ.
ގަމު ކައުންސިލުން ނެރުނު އިއުލާނުގައި ބުނީ މިދެއަވަށު ވޮލީކޯޓު އެޅުމަށް ޝައުގުވެރިވާ ފަރާތްތަކުން ބީލަމުގައި ރަޖިސްޓްރީވުމަށްފަހު އަންދާސީ ހިސާބު ހުށަހެޅުމަށެވެ.
އެގޮތުން، ދެ އަވަށުގެ ކޯޓު ތަރައްގީކުރުމަށް ބީލަމުގައި ރަޖިސްޓްރީވުމަށް ހުޅުވާލާފައިވަނީ މިމަހު 20 ގެ 14:00ގެ ނިޔަލަށެވެ. ތުނޑީ އަވަށު ކޯޓު ތަރައްގީކުރުމަށް އަންދާސީ ހިސާބު މިމަހު 26 ގެ 13:00 ގައި ހުށެހުމަށް ހަމަޖެހިފައިވާއިރު، މުކުރިމަގު ކޯޓު ތަރައްގީކުރުމަށް އަންދާސީ ހިސާބު ހުށެހުޅުން އޮތީ މިމަހު 27 ވަނަ ދުވަހުގެ 13:00 ގައެވެ. ބީލަމުގައި ރަޖިސްޓްރީވުމަށް އެދޭފޯމް އިދާރާއަށް ހާޒިރުވެ ނުވަތަ މެއިލްކޮށްގެން ހުށަހެޅޭނެއެވެ.
ކައުންސިލުން ގެޒެޓްކޮށްފައިވާ އިއުލާނުގައި ބުނީ އަންދާސީ ހިސާބު ހުށައެޅުމަށް ގަޑިޖެހިގެން ވަޑައިގަންނަވާ ބޭފުޅުންނަށް ބައިވެރިއެއް ނުވެވޭނެ ކަމަށާއި އަދި ބީލަމުގައި ރަޖިސްޓުރީނުވާ ފަރާތް ތަކުން ބީލަން ހުށަހެޅުމުގައި ބައިވެރިނުވެވޭނެ ކަމަށެވެ. ކައުންސިލުން ވަނީ ބީލަމުގައި ރަޖިސްޓްރީ ކުރުމަށް އެދޭ ފޯމް އިއުލާނާއެކު އެއްކަރުދާސް ކޮށްފައެވެ.
އަދި ބީލަމާއި ގުޅިގެން މައުލޫމާތު ސާފުކުރައްވަން ބޭނުންވާނަމަ 2025 ފެބްރުއަރީ 26 ވާ ބުދަ ދުވަހުގެ 12:00 އާއި ހަމައަށް ގަމު ކައުންސިލްއަށް ހާޟިރުވެ ނުވަތަ 6801024 / 7611515 އަށް ގުޅުއްވައިގެން މަޢުލޫމާތު ސާފުކުރެވޭނެ ކަން ކައުންސިލުން ވަނީ އިއުލާނުކޮށްފައެވެ.