ސަރުކާރުގެ 2 އަހަރުގެ އަދާހަމަ ހިއްސާކުރެއްވުމަށް ރައީސް ބައްދަލުވުމެއް ބާއްވަނީ

Sarukaaruge 2 aharuge adhaa hama hihsaa kurehvumah raees bahdhaluvumeh baahvanee

ސަރުކާރަށް ދެ އަހަރު ފުރުމާއި ގުޅިގެން، ސަރުކާރުގެ މަސައްކަތްތަކުގެ އަދާހަމަ ހިއްސާކުރެއްވުމަށް ރައީސް ޑރ މުހައްމަދު މުއިއްޒު ހާއްސަ ބައްދަލުވުމެއް ބާއްވާނެކަން އިއުލާނު ކުރައްވައިފިއެވެ.

މިކަން ރައީސް އިއުލާނުކުރެއްވީ ޖުމުހުރީ ދުވަހުގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.ރައީސް ވިދާޅުވީ މިދިޔަ އަހަރަކޭ އެއްފަދައިން، ސަރުކާރުގެ މަސައްކަތްތަކުގެ އެންމެ ފަހުގެ މައުލޫމާތު ހިއްސާކުރެއްވުމަށް މިމަހުގެ 17 ވަނަ ދުވަހުގައި ހާއްސަ ބައްދަލުވުމެއް ބާއްވާނެކަމަށެވެ. މިދިޔަ އަހަރުގައި ވެސް ރައީސް ވަނީ ރައްޔިތުންނާއި ބައްދަލުކުރައްވައި ސަރުކާރުގެ އަދާހަމަ ރައްޔިތުންނާ ހިއްސާކުރައްވާފައެވެ.

ރައީސް ވިދާޅުވީ ސަރުކާރުގެ ކޮންމެ ވައުދެއް،  ކޮންމެ ކަމެއް ހާސިލުވަމުންދާ މިންވަރު، ވަރަށް ތަފްސީލީ ގޮތެއްގައި އެމަނިކުފާނު ބަލަހައްޓަވަމުން ގެންދާ ކަމަށެވެ. ރައީސް ވިދާޅުވެފައިވަނީ ރައްޔިތުންގެ ކަންބޮނޑުވުންތައް އޮޅުންފިލުވައި، އެކަން ހައްލު ކޮށްދީ، ރައްޔިތުންނާއި ވީހާވެސް ގާތުން މަސަައްކަތްކުރެއްވުމަކީ އެމަނިކުފާނުގެ އަމާޒެއް ކަމަށެވެ.

ގުޅުން ހުރި ލިޔުންތައް

guest
0 Comments
Oldest
Newest Most Voted