ހިތަދޫ ކައުންސިލުން ތެލުގެ ވިޔަފާރި ކުރުމަށް ބިމެއް ކުއްޔަށް ދޫކުރަނީ

ލ. ހިތަދޫގައި ތެލުގެ ވިޔަފާރި ކުރުމަށް ހިތަދޫ ކައުންސިލުން ބިމެއް ކުއްޔަށް ދޫކުރުމަށް އިއުލާނުކޮށްފިއެވެ.

ހިތަދޫ ކައުންސިލް އިން ވަނީ އެރަށުގެ ބަނދަރު ސަރަހައްދުން ތެލުގެ ވިޔަފާރި ކުރުމަށްޓަކައި ބިން ކުއްޔަށް ހިފުމުގެ ފިރުސަތު ހުޅުވާލާފައެވެ. އެގޮތުން، އެރަށު ކައުންސިލުން ވަނީ އެކަމަށް ޝައުގުވެރިވާ ފަރާތްތަކުން ބީލަމުގައި ރަޖިސްޓްރީވުމުގެ ފުރުސަތު ހުޅުވާލާފައެވެ. ބީލަން ހުށަހެޅުމަށް ރަޖިސްޓްރީ ކުރެވޭނީ ބީލަން ފޮތް ގަންނަ ފަރާތްތަކަށް އެކަނި ކަމަށް ހިތަދޫ ކައުންސިލުން ވަނީ އިއުލާނުކޮށްފައެވެ.

ބީލަމުގައި ރަޖިސްޓްރީވުން އަދި ބީލަން ކަރުދާސް ވިއްކުން ކުރިއަށް ދާނީ މިއަދުން ފެށިގެން އަންނަ މަހު ހަވަނަ ދުވަހުގެ ނިޔަލަށެވެ. ބީލަމުގައި ރަޖިސްޓްރީވުމަށް އެދޭ ފަރާތުގެ އައިޑީ ކާޑު ކޮޕީ، ވިޔަފާރީގެ ރަޖިސްޓްރީ ކޮޕީ، އީމެއިލް އަދި ގުޅޭނެ ފޯނު ނަމްބަރުވެސް ބޭނުންވާނެއެވެ.

ބީލަން ފޮތް ހިތަދޫ ކައުންސިލުން ވިއްކަނީ 500 ރުފިޔާއަށެވެ. އަދި ބީލަން ހުށަހެޅުމަށް ހަމަޖެހިފައިވަނީ އަންނަ މަހުގެ 13 ވަނަ ދުވަހުގެ 13:00 ގައި ލ. ހިތަދޫ ކައުންސިލް އިދާރާގެ މީޓިންގް ރޫމްގައެވެ. ހަމަމިއާއެކު، ބީލަން ހުށަހަޅަންވާނީ ބަންދުކޮށްފައިވާ ސިޓީ އުރައެއްގައި ކަމަށާއި ބީލަމުގައި ރަޖިސްޓްރީ ނުވާ ފަރާތްތަކުން ހުށަހަޅާ ބިޑްތައް ބަލައިނުގަނެވޭނެ ކަމަށް ހިތަދޫ ކައުންސިލުން ވަނީ އަންގާފައެވެ.

ބީލަން ހުށަހެޅުމުގެ ބައްދަލުވުމުގައި ބަދަލުގައި އެހެންފަރާތަކުން ބައިވެރިވާނަމަ، އެކަން ބަޔާންކޮށް ސިޓީއެއް ކައުންސިލަށް ހުށަހަޅަންޖެހޭނެއެވެ. އަދި ހުށަނާޅައިފިނަމަ ބީލަންތައް ބަލައިނުގަނެވޭނެ ކަމަށްވެސް ކައުންސިލުން ނެރުނު އިއުލާނުގައި ބަޔާންކޮށްފައިވެއެވެ. ބީލަމާއި ގުޅޭ އިތުރު މައުލޫމާތު ބީލަން ފޮތުގައި ހުންނާނެއެވެ.

ގުޅުން ހުރި ލިޔުންތައް

guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments