ގިނަ އަދަދެއްގެ މުދަލާއެކު ދަތުރުކުރި ހިތަދޫ ”އޯޝަން އެކްސްޕްރެސް“ ބޯޓު ދިޔަވެއްޖެ!

Gina adhadhehge mudhalaaeku hithadhoo "Ocean express" boat dhiya vehje!

ގިނަ އަދަދެއްގެ މުދަލާއެކު ދަތުރުކުރި ހިތަދޫ ”އޯޝަން އެކްސްޕްރެސް“ ބޯޓު އެއްކޮށް ދިޔަވެއްޖެއެވެ.

މި ހާދިސާ ހިނގާފައިވަނީ މާލެ އިން މުދާ ބަރުކޮށްގެން، ވ އަތޮޅާއި ދިމާލަށް ދަތުރުކުރަމުން ދަނިކޮށެވެ. މި ހާދިސާއާ ގުޅިގެން އެއްވެސް މީހަކަށް އަނިޔާ ލިބިފައި ނުވާކަމަށް ”ލާމު އެމްވީ“ އަށް ވަނީ މައުލޫމާތު ލިބިފައެވެ. އެމްއެންޑީއެފް ކޯސްޓްގާޑުން ވަނީ ބޯޓުގައި ދަތުރުކުރި ހުރިހާ އެންމެން ވެސް ސަލާމަތްކޮށްފައެވެ.

”އޯޝަން އެކްސްޕްރެސް“ ބޯޓު މާލެ އިން ފުރާފައިވަނީ މިއަދު މެންދުރުގައެވެ. މި ހަފުތާ ބަންދުގައި މޫސުން ގޯސްވާނެކަމަށް ލަފާކޮށް މޫސުމާ ބެހޭ ގައުމީ އިދާރާއިން ދަނީ ސަމާލުތައް ނެރެމުންނެވެ. ކަމާ ބެހޭ ފަރާތްތަކުން ވަނީ ކަނޑުދަތުރުކުރާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް އިލްތިމާސްކޮށްފައެވެ.

ގުޅުން ހުރި ލިޔުންތައް

guest
0 Comments
Oldest
Newest Most Voted