ރޯދަމަހު ގަމުގައި ކުނި ނަގާނީ ހެނދުނު 07:00 އިން 11:00 އަށް!

މިފެށޭ ރަމަޟާން މަހުގައި ގަމުގެ ގޭބީސީތަކުން ހެނދުނު 07:00 އިން 11:00 އަށް ކުނި ނެގުމަށް ނިންމައިފިއެވެ.
އެގޮތުން، ރޯދަމަހުގެ ފުރަތަމަ ދުވަހު ގޭބީސީތަކުން ކުނި ނެގުމުގެ ޚިދުމަތް ނުލިބޭނެކަން ގަމު ކައުންސިލުން ނެރުނު އިއުލާނުގައި ވަނީ އަންގާފައެވެ. އަދި ރޯދަމަހާއި ޝައްވާލްމަހުގެ ފުރަތަމަ 7 ދުވަހު ލ، ގަމު ވޭސްޓް މެނޭޖްމެންޓް ސެންޓަރުން ގޭބީސީތަކުން ކުނި ނެގުމަށް ހަމަޖެހިފައިވާގޮތް ވަނީ އާންމުކޮށްފައެވެ.
ގޭބިސީތަކުންނާއި ޕަބްލިކް އޭރިއާތަކުގައި ހެނދުނު 07:00 އިން 11:00 އަށް ކުނި ނެގުމުގެ ޚިދުމަތް ދިނުމަށް ހަމަޖެހިފައިވާއިރު، ކޮންމެ ދުވަހަކު ގޭބީސީތަކުން ނެގޭނީ ބަދިގެ ޑަސްބިނާއި 120 ލީޓަރުގެ 1 ޑަސްބިނެވެ. ހުކުރު ދުވަސް ފިޔަވައި ކޮންމެ ދުވަހަކުވެސް މިގަޑިތަކުގައި ކުނި ނެގުމަށް ވަނީ ހަމަޖެހިފައެވެ.
ވޭސްޓް މެނޭޖްމެންޓް ސެންޓަރ ހުޅުވާފައި ހުންނާނީ ކޮންމެ ދުވަހަކުވެސް ހެނދުނު 06:00 އިން ހަވީރު 18:00 އަށެވެ. އަމިއްލައަށް ކުނި އުކާ ފަރާތްތަކުން ސެންޓަރ ހުޅުވާފައި ހުންނަ ގަޑިތަކަށް ސަމާލުކަންދިނުމަށް ގަމު ކައުންސިލުން ވަނީ އިލްތިމާސްކޮށްފައެވެ.