މަރުވެފައިވާ ކަމަށް ޝަރީއަތުން ނުނިންމާތީ، މުޝްފިޤުގެ މައްޗަށް ޣައިބުގައި ކަށުނަމާދު ނުކުރާނެ

Maruvefaivaa kamah shareeathun nuninmaathee, mushfig ge mahchah gaibugai kashu namadhu nukuraane

މަރުވެފައިވާ މީހެއްކަމަށް ފަނޑިޔާރު ޙުކުމް ނުކުރާތީވެ، ގެއްލިގެން ހޯދަމުން އަންނަ އަލީ މުޝްފިގު މުހައްމަދު ޝަރީފްގެ މައްޗަށް މާދަމާ ކަށު ނަމާދު ނުކުރާ ގޮތަށް ލ. މާވަށު ކައުންސިލުން ނިންމައިފިއެވެ.

މާވަށު ކައުންސިލުން ކުރި އިޢުލާނެއްގައި ބުނީ މުޝްފިގުގެ މައްޗަށް 11 އޭޕްރިލް 2025 ވާ ހުކުރުދުވަހު ޣައިބަށް ކަށުނަމާދު ކުރުމަށް އިއުލާނު ކޮށްފައިވީ ނަމަވެސް، ދީނީ ޢިލްމުވެރިންނާއި ޝަރުޢީ ފަރާތްތަކުން އެ ކައުންސިލަށް ލަފާ ދެއްވާފައިވާ ކަމަށެވެ. އަދި ދިވެހިރާއްޖޭގެ އިސްލާމީ ފަތުވާދޭ އެންމެ މަތީ މަޖިލިސް އިން ބަޔާންކޮށްފައިވަނީ ، ލިބިފައިވާ ހުރިހާ ވަސީލަތެއް މެދުވެރިކޮށްގެން، ގެއްލިފައިވާ މީހާ ހޯދުމަށް މަސައްކަތްކުރުމަށްފަހު، ލިބިފައިވާ މައުލޫމާތުގެ އަލީގައި ގެއްލިފައިވާ މީހަކީ މަރުވެފައިވާ މީހެއްކަމަށް ފަނޑިޔާރު ޙުކުމެއް ކުރަންޖެހޭ ކަމަށެވެ.

އެ އިއުލާނުގައި ބުނީ  މާދަމާއަށް އެ ޚުކުމް އަދި ލިބިފައިނުވާތީ މުޝްފިގުގެ މައްޗަށް ޣައިބަށް ކުރުމަށް ހަމަޖައްސާފައިވާ ކަށުނަމާދު  މާދަމާ ހުކުރަށްފަހު ނޯންނާނެކަމަށެވެ. އަދި ޙުކުމް ލިބި ކަށުނަމާދުގެ ކަންކަން ހަމަޖެހުމުން ކަށުނަމާދު ކުރާނެ ތާރީޚާއި ވަޤުތު އެ ކައުންސިލުން އިޢުލާނުކުރާނޭކަމަށް ބުނެފައިވެއެވެ.

މުޝްފިޤުގެ މައްޗަށް ކަށުނަމާދު ކުރުމަށް އިޢުލާނު ކުރީ އާއިލާއިން ބޭނުންވެގެން ކަމަށް އެރަށު ކައުންސިލުން ބުނެއެވެ. އެމްއެންޑީއެފް އިން ދަނީ އަދިވެސް މުޝްފިގު ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.

ގުޅުން ހުރި ލިޔުންތައް

guest
0 Comments
Oldest
Newest Most Voted