ލާމު އެމްވީ ސުފުރާ : ދޮންކެޔޮ ކަޖޫ

ބޭނުންވާ ތަކެތި

  • 3 ޖޯޑު ފުށް
  • 10 ދޮންކެޔޮ (ގިނަ ދުވަސް ވެފައިވާ)
  • 1 ޖޯޑު ހަކުރު
  • 1 ޖޯޑު ކާށި ހުނި
  • 2 މޭޒުމަތީ ސަމުސާ ވެނީލާ އެސެންސް
  • 1/2 މޭޒުމަތީ ސަމުސާ ބޭކިން ޕައުޑަރ
  • ތެޔޮ

ތައްޔާރުކުރާނެ ގޮތް 
ހަކުރާއި ދޮންކެޔޮތަށް ހަކުރާއި އެއްވަންދެން އަތުން މޮޑެލާށެވެ. މޮޑެ ނިމުމުން ފުށް އަދި ކާށި ހުނި އެޅުމަށްފަހު އެއްކޮށްލާށެވެ. އަދި ވެނީލާ އެސެންސް އާއި ބޭކިން ޕައުޑަރ އެޅުމަށްފަހު މޮޑެލާށެވެ.

ތަވާ އަކަށް ތެޔޮ އަޅައި ތެޔޮފޮދު ހޫނުވުމުން ދޮންކެޔޮ ކަޖޫ ގުޅަ ޖެހުމަށްފަހު ތެލުލާށެވެ.

ގުޅުން ހުރި ލިޔުންތައް

guest
0 Comments
Oldest
Newest Most Voted