ލީޑް ވެޓެރަންސް ފުޓްސަލް ކަޕް އަންނަ މަހު 11 ގައި ފަށަނީ

ލާމު ޔޫތު ޑެވަލޮޕްމަންޓު (ލީޑް) ގެ ފަރާތުން އިންތިޒާމުކޮށް ކުރިއަށްގެންދާ ލީޑް ވެޓްރަންސް ފުޓްސަލް ކަޕް އަންނަ މަހު 11 ވަނަ ދުވަހުގެ ރޭ ފަށަން ނިންމައިފިއެވެ.

ލީޑުން ވަނީ ތިންވަނަ ވެޓަރަންސް މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލާފައެވެ. މި މުބާރާތުގައި ބައިވެރިވެވޭނީ އެންމެ ފުރަތަމަ ފޯމު ހުށަހަޅާ 16 ޓީމަށެވެ.

މިދިޔަ އަހަރުގެ މުބާރާތުގެ ތެރެއިން: ފޮޓޯ- ލީޑް

ކުރީ އަހަރުތަކެކޭ އެއްގޮތަށް، މިއަހަރުވެސް މުބާރާތް ހުޅުވާލާފައިވަނީ މުޅި ރާއްޖެއަށެވެ. މުބާރާތުގައި ބައިވެރިވުމަށް ހުޅުވާލާފައިވަނީ ޖަމިއްޔާ ޖަމާއަތްތަކަށާއި އަމިއްލަ ވިޔަފާރިތަކުގެ އިތުރުން ކޯޕަރޭޓިވް ސޮސައިޓީތަކަށާއި ސަރުކާރު އިދާރާތަކަށާއި ކުންފުނި އަދި އަމިއްލަ ކުންފުނިތަކަށެވެ.

މިދިޔަ އަހަރުގެ މުބާރާތުގެ ތެރެއިން: ފޮޓޯ- ލީޑް

މިއީ ވެޓަރަންސް ނުވަތަ ކުރީގެ ކުޅުންތެރިންނަށް ހާއްސަ މުބާރާތެއް ކަމުން، މި މުބާރާތުގައި ކުޅެވޭނީ ރާއްޖެއަށް ނިސްބަތްވާ އުމުރުން 35 އަހަރުން މަތީގެ ކުޅުންތެރިންނަށެވެ. ނަމަވެސް، މުބާރާތުގެ ގަވައިދުގައިވާ ގޮތުގެ މަތިން، ކޮންމެ ޓީމެއްގައިވެސް 30 އަހަރާއި 35 އަހަރާ ދެމެދުގެ އެއް ކުޅުންތެރިއެއް ހިމެނިދާނެއެވެ.

މިދިޔަ އަހަރުގެ މުބާރާތުގެ ތެރެއިން: ފޮޓޯ- ލީޑް

މި މުބާރާތުގައި ބައިވެރިވުމަށް ފޯމު ހުށަހެޅުމުގެ ސުންގަޑިއަކީ މިމަހު 15 ވަނަ ދުވަހުގެ ރޭ 12:00 އެވެ. އަދި ޓީމު ލިސްޓު ހުށަހެޅުމުގެ ސުންގަޑިއަކީ އަންނަ މަހުގެ ހަތަރުވަނަ ދުވަހުގެ ރޭ 12:00 އެވެ. މުބާރާތުގެ ގަވައިދާއި ފޯމު ސެޓު ލީޑްގެ ފޭސްބުކް ޕޭޖުން ލިބޭނެއެވެ.

2022 ވަނަ އަހަރު އަލަށް މި މުބާރާތް ބޭއްވިއިރު ޗެމްޕިއަންކަން ހޯދީ ލ.މާވަށުންނެވެ. އަދި މިދިޔަ އަހަރުގެ ޗެމްޕިއަނުންނަކީ އަފޭންނެވެ. މިއަހަރުގެ މުބާރަތްވެސް ކުރިޔަށްދާނީ ފޮނަދޫ ފުޓްސަލް ދަނޑުގައެވެ.

ގުޅުން ހުރި ލިޔުންތައް

guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments