ކުނަހަންދޫ ”ބޮޑުހިންނެ“ ވަގުތީގޮތުން ބެލެހެއްޓުމުގެ ފުރުސަތު ހުޅުވާލައިފި
Kunahandhoo “Boduhinne” vagutheegothun belehettumuge furusathu hulhuvaalaifi

.ލ. ކުނަހަންދޫ ”ބޮޑުހިންނެ“ ވަގުތީގޮތުން ބެލެހެއްޓުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.
ކުނަހަންދޫ ކައުންސިލް އިދާރާއިން ވަނީ މިކަމަށް އެދި ހުށައެޅުމުގެ ފުރުޞަތު، މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމެންޓްގައި ރަޖިސްޓްރީ ކުރެވިފައިވާ ވިޔަފާރިތަކަށާއި ވަކިވަކި ފަރުދުންނަށް ހުޅުވާލާފައެވެ. ރަޖިސްޓްރީވުމުގެ އެންމެ ފަހު ތާރީހަކީ 23 މާރިޗު 2025 އެވެ..
އަންދާސީ ހިސާބު ހުށަހެޅުން ކުރިއަށްދާނީ 24 މާރިޗު ވަނަ ދުވަހު 12:00 ގައި ކުނަހަންދޫ ކައުންސިލް އިދާރާގައެވެ. އަންދާސީ ހިސާބު ހުށަހެޅުމުގެ ބައްދަލުވުމުގައި ބައިވެރިވޭނީ ސުންގަޑީގެ ކުރިން ރަޖިސްޓްރީވާ ފަރާތްތަކަށް އެކަންޏެވެ
ބޮޑުހިންނެ ދޫކުރުމަށް ހަމަޖެހިފައިވަނީ ދެ ބައެއްގެ ގޮތުގައެވެ. މި ސަރަހައްދު ބެލެހެއްޓުމަށް ދޫކުރަން ހަމަޖެހިފައިވަނީ 3 އަހަރު ދުވަހަށެވެ. މި ސަރަހައްދު ދޫކުރުމުގެ މަޤްސަދަކީ އެރަށު ކައުންސިލްގެ އާމްދަނީ އިތުރު ކުރުމާއި، އެކަށީގެންވާ ގޮތެއްގައި ރުއްތައް ސާފުކޮށް ބެލެހެއްޓުމާއި، އުސޫލުގެ ތެރެއިން ރުއްތަކުގެ ބޭނުންހިފުމަށް ރައްޔިތުންނަށް ހުޅުވާލުމެވެ