ކައްދޫ ހިމެނޭހެން އީދާ ދިމާކޮށް މޯލްޑިވިއަން އިން އިތުރު 30 ދަތުރު ކުރަނީ

Kahdhoo himeneyhen Eid aa dhimaakoh Maldivian in ithuru 30 dhathuru kuranee

ލ. ކައްދޫ ހިމެނޭހެން އީދާ ދިމާކޮށް މޯލްޑިވިއަން އިން އަތޮޅު ތެރޭގެ 11 ރަށަކަށް 30 ދަތުރު އިތުރު ކުރަން ނިންމައިފިއެވެ.

އެގޮތުން، ލ. ކައްދޫ އާއި، ހދ. ހަނިމާދޫ އާއި ހދ. ކުޅުދުއްފުއްޓާއި، ހއ. ހޯރަފުއްޓާއި ފުނަދޫ އާއި ގދ. ކާޑެއްދޫ އާއި ގދ. މާވަރުލާއި ގދ. ފަރެސްމާތޮޑާ އާއި ގއ. ކޫއްޑޫ އަށް ދަތުރުތައް އިތުރު ކުރަން ވަނީ ނިންމާފައެވެ. މޯލްޑިވިއަން އިން އައްޑޫ ސިޓީ ގަމަށް އާންމު ޝެޑިއުލް އިން ބޭރު 8 ދަތުރު ކުރުމަށް ހަމަޖެހިފައިވާއިރު، ފުވައްމުލަކަށް 5 ދަތުރު ކުރުމަށް ވަނީ ހަމަޖެހިފައެވެ.

މޯލްޑިވިއަން އިން އީދު ބަންދާއި ދިމާކޮށް ދަތުރުތައް އިތުރު ކުރަނީ ރަށްރަށަށް މީހުން ދަތުރުކުރާ ޑިމާންޑަށް ބަލައިގެންނެވެ. މީގެ ކުރީ އަހަރުތަކުގައިވެސް މޯލްޑިވިއަން އިން އީދު ޗުއްޓީއާ ދިމާކޮށް ދަތުރުތައް އިތުރުކުރެއެވެ.

ގުޅުން ހުރި ލިޔުންތައް

guest
0 Comments
Oldest
Newest Most Voted